ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދިވެހިންނަށް ޙާއްސަ މެސެޖެއް، ދުނިޔެ ދެކެމުންދަނީ ބޮޑު ހަނގުރާމައަަކަށް، ދިރިއުޅުމާއި ހަރަދުބަރަދަށް ވިސްނަންޖެހި ސަމާލުވާން ވެއްޖެ!

ދިވެހިންނަށް ޙާއްސަ މެސެޖެއް، ދުނިޔެ ދެކެމުންދަނީ ބޮޑު ހަނގުރާމައަަކަށް، ދިރިއުޅުމާއި ހަރަދުބަރަދަށް ވިސްނަންޖެހި ސަމާލުވާން ވެއްޖެ!

މުސްލިމް ފަލަސްތީނާއި ދެކޮޅަށް ޔަހޫދީން އިސްރާއިލުން ފެށި ހަނގުރާމަ މިވަނީ ބޮއްސުންލައި ހަނގުރާމައިގެ ތެރެއަށް ބޮޑު ގައުމުތައްވަދެ މުޅި ދުނިޔެ ބޮޑު ބިރުވެރިކަމަކަށް ވައްޓާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުން ދަނީޢެވެ. ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވުމުގެ ބިރު ދުނިޔެއަށް ވަނީ ފެންމަތިވެފައެވެ.

މިފަދަ ދަނޑިވަޅެއްގައި ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ވުމާއެކު، މިކަމަށް ތައްޔާރުވެ، ދިރިއުޅުމުގެ ހަރަދުތަކާއި މެދު ވިސްނައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ދެކެމެވެ.

ދިވެހިރާއްޖެއަކީ ބޭރުގެ އެހީއާއި ތެލާއި ކާބޯތަކެތި ފަދަ މުހިންމު ބޭނުންތަކަށް ބަރޯސާވެފައިވާ ޤައުމެކެވެ. އަޅުގަނޑުމެން ކައިބޮއި ހަދާ ކާބޯތަކެތީގެ ބޮޑު ބައެއް އަންނަނީ ބޭރު ޤައުމުތަކުންނެވެ. އަދި ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި، އިންޖީނުތަކާއި އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ތެލަކީވެސް އެހެން ޤައުމުތަކުން އެތެރެކުރާ ތަކެއްޗެވެ.

މިހާލަތުގައި ދުނިޔޭގެ ބޮޑު ހަނގުރާމައެއް ފެށި، ނުވަތަ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ، ބޮޑު ތަދުމަޑުކަމެއް ދިވެހިރާއްޖެއަށް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތެވެ. މިހެންކަމުން، މިފަދަ ހާލަތަކަށް ތައްޔާރުވުމަކީ ކޮންމެ ފަރުދެއްގެވެސް އަދި ޤައުމުގެވެސް ވާޖިބެކެވެ.
މިފަދަ ދަނޑިވަޅެއްގައި ކޮންމެ ރައްޔިތަކުވެސް ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމަކީ އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅެކެވެ. މިސާލަކަށް، ކަރަންޓާއި ފެން ބޭކާރުކޮށް ބޭނުންކުރުން ހުއްޓާލުމާއި، ބޭނުންނުވާ ތަކެތި ގަތުމުން ދުރުހެލިވުމަކީ ހަރަދު ކުޑަކުރުމަށް ކުރެވޭނެ ކަންކަމެވެ.

އަދި ކާބޯތަކެތި ބޭކާރުނުކުރުމަށް ސަމާލުކަންދީ، ބޭނުންކުރާ ތަކެތީގައި އިޤްތިޞާދުކުރުމަކީވެސް މުހިންމު ކަމެކެވެ. ހަމައެހެންމެ، އަމިއްލައަށް ކޮންމެވެސް ވަރަކަށް ކާނާ އުފެއްދުމަށް މަސައްކަތްކުރުމަކީވެސް މިފަދަ ދަނޑިވަޅެއްގައި ބޭނުންތެރި ކަމެކެވެ.

ހަމައެހެންމެ، ހުރިހާ ދިވެހި އާއިލާތަކުންވެސް ފަހަށް ރައްކާކުރުމުގެ މުހިންމުކަން ދަނެ، އެކަމަށް އިސްކަންދޭންވާނެއެވެ. މިއީ ހަމައެކަނި ފައިސާ ރައްކާކުރުން އެކަންޏެއް ނޫނެވެ. ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ މުހިންމު ތަކެތި ފަދަ އަސާސީ ބޭނުންތައް ވެސް ރައްކާކުރުން މުހިންމެވެ. ކޮންމެ އާއިލާއަކުންވެސް ދުވަސްކޮޅަކަށް ފުދޭވަރަށް ހަނޑުލާއި ފުށާއި، ތެޔޮ ފަދަ މުހިންމު ކާބޯތަކެތި ރައްކާކުރެވިދާނެއެވެ.

މީގެ އިތުރުން، އާމްދަނީގެ ކޮންމެވެސް އެއް ބައެއް ރައްކާކޮށް، ކުއްލި ހާލަތަކަށް ތައްޔާރުވެފައި ތިބުމަކީ ވިސްނުންތެރިކަމުގެ ނިޝާނެކެވެ.
ދުނިޔޭގެ މަސްރަހު މިހާ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިކަމަށް ތައްޔާރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށް، ފަހަށް ރައްކާކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވަން ޖެހެއެވެ.

މިއީ ހަމައެކަނި ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސަށް އަދި އާއިލާއަށްޓަކައި މިކަމަށް ފަރުވާތެރިވެ، މާދަމާ އަށް ތައްޔާރުވާންވީ ދުވަސްވަރެވެ. އޭރުން ނޫނީ މިފަދަ ކާރިސާއަކުން އަރައިގަތުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.