އަސްލުވެސް ހުކުމަކީ ލާލު ތަ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާންމުކޮށް ވަގުތު ތާސްކުޅުއްވުމުގައި ހޭދަކުރައްވާ މަންޒަރު ފެންނަ ވީޑިއޯކޮޅެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު، އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ހާލަތާމެދު ކަންބޮޑުވުން ފާާޅުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ އަމަލީ ޙަޔާތްޕުޅު ފެންނަ ގޮތުން އާންމުން ދަނީ އެމަނިކުފާނުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. ސިޔާސީ މައިދާނުގައި ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަވަމުން، އަމިއްލަ ވަގުތު ތާސްކުޅުއްވުމުގައި ހޭދަކުރެއްވުމަކީ ދައްކަވާ ވާހަކަފުޅުތަކުގެ އަގު ވައްޓާލާ ކަމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.
ޤައުމީ ބޮޑެތި މައްސަލަތަކުގައި އިސްނަންގަވައިގެން ވަކާލާތުކުރައްވާ ކަމަށް ދައްކަވާ މަންޒަރާއި، ޢަމަލީ ގޮތުން ވަގުތު ހޭދަކުރައްވާ ގޮތާ ދެމެދު އޮތް ފަރަގު މި ވީޑިއޯއިން ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ. ސިޔާސީ ގޮތުން އާންމުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަކީ ހަމައެކަނި ސިޔާސީ މަޤްޞަދެއްގައި ކުރައްވާ ކަމެއްގެ ގޮތުގައި ސިފަވާއިރު، ޤައުމީ ކަންކަމުގައި އެމަނިކުފާނުގެ އޮތީ ކިހާވަރެއްގެ ޝައުޤުވެރިކަމެއްތޯ އާންމުން ދަނީ ސުވާލުކުރަމުންނެވެ. އަމިއްލަ އަރާމާއި އުފަލުގައި ވަގުތު ހޭދަކުރެއްވުމަށްފަހު، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ހާލަތާމެދު ވާހަކަދެއްކެވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
https://twitter.com/InazAli999/status/2109684249804812510
Ads by BMLއަމިއްލަ ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށްޓަކައި ޤައުމުގެ އިޤްތިޞާދީ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާމެދު ކަންބޮޑުވުން ފާޅުކުރެއްވުމަކީ ސިޔާސީ ލީޑަރުންގެ އާންމު އުކުޅެކެވެ. ނަމަވެސް، އެފަދަ ވާހަކަފުޅުތަކުގެ އަދަދު އިތުރުވަމުންދާއިރު، އަމަލީ ގޮތުން ޤައުމީ އަދި ރައްޔިތުންގެ ހެވާ ލާބައަށް ކުރައްވާ މަސައްކަތްޕުޅެއް ފެންނަން ނެތުމުން، އާންމުންގެ މެދުގައި އުފެދޭ ސުވާލުތައް ދަނީ އިތުރުވަމުންނެވެ. ވަގުތު ބޭކާރުކޮށް، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ބަދަލުގައި އަމިއްލަ އަރާމުގައި ވަގުތު ދުއްވާލުމަކީ ލީޑަރޝިޕްގެ ސިފަތަކާ މުޅިން ޚިލާފު ކަމެކެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގައި އާންމުވަމުންދާ މިފަދަ މަންޒަރުތަކުގެ ސަބަބުން، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައިވެސް ނުތަނަވަސްކަމާއި މާޔޫސްކަން އުފެދެމުންދާކަން ފާހަގަކުރެވެއެވެ. ޤައުމުގެ މުސްތަޤްބަލާމެދު އުއްމީދުތަކެއްކޮށް، ސިޔާސީ ގޮތުން އިސްނަގާނެ ފަރާތެއްގެ އިންތިޒާރުގައި ތިބި އާންމު ރައްޔިތުންނަށް، މިފަދަ އަމަލުތަކުން ދޭހަވަނީ ޤައުމީ ކަންކަމަށްވުރެ އަމިއްލަ ހިތްހަމަޖެހުމާއި މަޖަލަށް އިސްކަންދެވޭ ކަމެވެ. މިއީ އެމަނިކުފާނުގެ ސިޔާސީ މުސްތަޤްބަލަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ނަތީޖާއެއްގެ ގޮތުން، އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ މެދުގައި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު ވަޒަންކުރެވެމުންދަނީ އެމަނިކުފާނު ދައްކަވާ ދެއްކުންތެރި ވާހަކަފުޅުތަކުގެ މައްޗަކުން ނޫނެވެ. އޭގެ ބަދަލުގައި، އަމަލީ މައިދާނުގައި ފެންނަ އިޚްލާޞްތެރިކަމާއި، ޤައުމީ މައްސަލަތަކުގައި ދެއްވާ ސަމާލުކަމުގެ މައްޗަށެވެ. އެހެންކަމުން، ސިޔާސީ މަސްރަޙުގައި އަލުން އިތުބާރު ހޯއްދެވުމަށްޓަކައި ހަމައެކަނި ސަރުކާރަށް ފާޑުވިދާޅުވުމުގެ ބަދަލުގައި، އަމަލީ ގޮތުން ނަމޫނާ ދެއްކެވުމަކީ މަޖުބޫރު ކަމެކެވެ.
Ads by MACL
