45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި
އެމްއޭސީއެލްގެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ނެޓްވޯކް ރަސްމީކޮށް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.
އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަލަށް ބޭނުންކުރަން ފެށި 45 މިލިއަން ލީޓަރުގެ ފިއުލް ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމްގެ ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.
Ads by BMLއެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފު ވިދާޅުވީ، 8.4 ކިލޯ މީޓަރުގެ ލައިނުތައް އެ ހައިޑްރަންޓް ނެޓްވޯކުގައި ހިމެނޭނެ ކަމަށެވެ.
"ލޯންގް ހޯލް ފްލައިޓުތަކަށް ތެޔޮ އަޅަންޏާ އެއީ ދެ ބައުޒަރުގެ ތެޔޮ އެޅުން. އޭގެ މާނައަކީ އެއް ގަޑިއިރާ 30 މިނެޓުގައި ވެސް ބްރިޓިޝް އެއަވޭސް ކަހަލަ ލޯންގް ހޯލް ފްލައިޓަކަށް ވެސް ތެޔޮ އަޅާ ނުނިންމޭނެ ކުރީގެ ނިޒާމުގައި. ހައިޑްރަންޓް ސިސްޓަމް ތައާރަފް ވުމުން މިދެންނެވި އަދަދުން 45-1 ގަޑި އިރު ސަލާމަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
Ads by MACL
