ދިމާވި ހާދިސާއެއް އަމިއްލަ ދުލުން، ”ދިވެހި ސިފައިން، ދިވެހީންގެ ފަހުރު“
މާފަންނުކޮޅު ފިހާރައެއްގެ އަސްކަނިދަށުގައި މަޑުކޮށްލާގެން ހުރީ މާލެއަށް ވެހެމުންދިޔަ ބޯ ވާރެއިން ހިޔާވަހިކަމެއް ހޯދުމަށެވެ.
ކައިރީގައި ދެބައި އުމުރުގެ ” ހަބޭހަށް ” ދުފާލައިގެން ސިނގިރޭޓެއް ބޯން ދެމީހަކު ހުރިއިރު ދައްކަމުންދިޔަ ވާހަކައިގެ ޝައުގުވެރިކަމުން ކަންފަތްދީގެން އަހަރެން ހުރީމެވެ.
އެދެމީހުންގެ ވާހަކާގެ މިސްރާބު ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ސިފައިންގެ ދެމީހުން ސައިކަލުގައި ތެމި ފޯވެގެން ރަސްފަންނާއި ދިމާލަށް ދާތަން ފެނުމުންނެވެ.
Ads by BML” ގައުމީ ބޮންދުންކޮޅު އެ ނެރުނީ ” އޭ ބުނެ އެކަކު އަނެކަކަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު އަހަރެންގެ ނަޒަރުވެސް އެ ދެ އޮފިސަރުންނާއި ދިމާލަށް އަމާޒުވިއެވެ.
ދޭހާ އަތްވަކާ ވެހޭހާ ވާރެއެއްގައި ފުރާނަ އަތްމައްޗައްލައިގެން ނިކުމެ ދިވެހި ކޮންމެ ރައްޔިތެއްގެ ދިފާއުގައި އެވާ މަތިވެރި ” ޖިހާދު ” ގެ އަގުވަޒަން އެދިވެހިން ކުރަނީ މި ބީދައިންބާވައެވެ؟
ނުރައްކަލާއި ކުރިމަތިލާހިނދު އެމީހުންގެ އާއިލާއާއި އަނބިދަރިން ދޫކޮށް ނުކުމެ އެ ގުރުބާން މި ވަތަނާ ދިވެހީންގެ ހައްގުގައި ވާއިރު އެމީހުންގެވެސް ހިތެއް އޮންނާނެކަން ކަށަވަރެވެ.
1892 އަހަރުގެ އޭޕްރިލް 21 ވަނަ ދުވަހު ސުލްތާން އިބްރާހިމް ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގައި އުފެދި މިއަދާހަމަޔަށް 133 އަހަރު ވެގެންދާއިރު ދިވެހި ސިފައިންނީ ކުރިއަރަމުން އަންނަ ދިވެހިން ފަހުރުވެރިވާ މުވައްސަސާއެއްކަން ކަށަވަރެވެ.
ގައުމުގެ އިގްތިސާދު ކުޅަދާނަވި މިންވަރަކުން އަމިއްލަ ފައިމައްޗަށް ތެދުވަމުން އޭގެ ހަމައިސްކޮޅަށް ދެމިލަންދާ މުއަށްސަސާއެކެވެ.
ދިވެހި ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދުކަމުން ދިވެހިންގެ މައިގަނޑު ގޮތެއްގައ ޒަމާނުންސުރެ ބަރޯސާވަނީ ވެސް ކަނޑު ދަތުރުފަތުރުގެ ނިޒާމަށެވެ.
މޫސުންގޯސްވެ ކަނޑު ގަދަވެ ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގައި ދިވެހި ރައްޔިތުންނާ އެރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ގަދަކަނޑުގައި ބޮޑެތި ރާޅުތަކާ ފުން ކަނޑުތަކުގައި ދިވެހި ސިފައިންގެ ކަނޑުގެ ލަޝްކަރުން ދައްކާ ޖެހިލުންކުޑަ ހިތްވަރަކީ ދިވެހިންގެ ފަހުރެކެވެ.
މާލެއާއި އަތޮޅުތެރޭގައި ރަށްތަކުގައި ހިނގާ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކޮށްދޭން ދިވެހި ސިފައިންގެ ލަޝްކަރުގެ އަލިފާން ނިންވާ ހުށިޔާރު ފަހުލަވާނުންގެ މަސައްކަތަކީ ދިވެހިން ގެ ފަހުރެކެވެ.
ބަލިމަޑުކާމާއި ގުދުރަތީ ކާރިސާއެއް ދިމާވާ ކޮންމެ ފަހަރަކު ގައުމުގެ އައްޑަނަޔަކަށް އެބައެއްގެ މޭ ދިއްކޮށްލާ ވަތަނުގެ ހިމާޔަތުގައި ނިކުންނަނީ މިނިވަން ޖައްވެއްގައި ވިހުރޭ ދިދައިގެ އަގަކަށް އެތަށް ސިފައިންނެއްގެ ލޭ ގުރުބާންވި ދިވެހި އަބުތާލުންނެވެ.
ހަގީގަތުގައިވެސް ދިވެހި ސިފައިންވަނީ މަތިވެރި ގުރުބާނެކެވެ. ޝުކުރާ ޝަނާ ހައްގު ޖިހާޖެކެވެ. މިކަން ވޭތުވެދިޔަ ހަފްތާއިން އެކަނިވެސް ދޭހަވެގެންދާނެކަން ކަށަވަރެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަލަމާތީކަންކަމާ އެމަނިކުފާނަށް މަރުހަބާދެންނެވުމުގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ މިނިވަން 60 ކުޅިވަރުތަކާ ފުޅަދުބުރުގެ ކަންކަން ވިލަރެސްކުރަމުންނެވެ.
އެއާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ހުޅުވުގެ ރަސްމިއްޔާތާއި މިނިވަން ދުވަހުގެ ޖަލްސާގެ ސަލާމަތީ ކަންކަން އެއްގަމު މަގުން އަދި ވައިގެ މަގުންދިޔައީކުރަމުންނެވެ. އެހާހިސާބުން ނިންމާލީކީ ނޫނެވެ.
ޖެހިގެން އައިދުވަހު އަވައްޓެރި ސިލޯނުގެ ރައީސަށް ހަމަ އެވަރުގެ މަރުހަބާއެއް ކިޔުމާއިއެކު އެމަނިކުފާނުގެ ސަލާމަތީކަންކަން ކަށަވަރުކުރުމުގެ ޒިންމާ ކާމިޔާބުކަމާއިއެކު ނިންމާލީ ފަހުުރުވެރިކަމާއިއެކުއެވެ.
މިއީ ދުލުން ކިޔާލަން ފަސޭހަކަމެއް ނަމަވެސް މިއީ ބޮޑެތި ކަންކަމެވެ. ތޯތޯ ވާހަކައެއް ނޫނެވެ. ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރާގައި ދުނިޔޭގެ ދެވަނަޔަށް އެންމެބޮޑު ސިފައިންގެ ލަޝްކަރުގެ ވެރިޔާގެ ސަލާމަތީ ކަންކަމުގެ އެންމެހާ ކަންކަން ވިލަރެސް ކުރުމުގައި ދިވެހި ސިފައިން އެތަށް ދުވަހެއް ކުރިން ދިޔައީ ތައްޔާރުވަމުންނެވެ.
ދިމާވެދާނެ ކުޑަނަމަވެސް ކަމަކަށް ދިވެހި ސިފައިން ތިބީ ދުރާލާ ތައްޔާރުވެ ތަމްރީނުވެ ނިންމައިގެންނެވެ.
ގޭތެރޭގައި މަށާ މަގޭ އަނބި ދަރިންނާއި އާއިލާ އަރާމުގައި ނިދަން ތިބޭއިރު އެތެރެއިންނާއި ބޭރުން އައިސްދާނެ ނުރައްކާތެރި ހަމަލާޔަކަށް ފާރަވެރިވެ އެތިބޭ ދިވެހި ސިފައިންގެ ކުޅަދާނަ ފަހުލަވާނުންނަނީ ފަހުރެކެވެ.
ބޭރުގެ އުދުވާނީ ހަމަލާތަކާ، ސުނާމީއާއި، ކޮވިޑުގެ އާލަމީ ވަބާގެ އިތުރުން ގައުމަށް ދިމާވާ ބޮޑު ކޮންމެ ހާދިސާއެއްގައި ގައުމާ ދިވެހިންގެ ދިފާއުގައި މި ވަތަނުގެ ” މައިބަދަ” އެއްކަމުގައި ދިވެހި ސިފައިން ނިކުންނަނީ އެއީ ދިވެހިން އެބަޔަކަށް ކުރާ އިތުބާރާއި ދޭ ޔަގީންކަމަކުންކަން ކަށަވަރެވެ. އެއީ އަހަރެންނަށް ފަހުރެކެވެ.
Ads by MACL
