ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ވާހަކަ: ބަނަވެ ހުސްވި ހަޔާތް (1)

ބަނަވެ ހުސްވި ހަޔާތް
ބަނަވެ ހުސްވި ހަޔާތް

މިއީ ޖީލު އޮންލައިން އިން ގެނެސްދޭ ވާހަކަ ކޮންޓެންޓުގެ ސިލްސިލާ ވާހަކަ އެކެވެ. މި ވާހަކަ ކޮންމެ ހަފްތާއަކު ބުރާސްފަތި އަދި އަންގާރަ ދުވަހު ގެނެސްދެވޭނެއެވެ. މިއީ ވާހަކަ ލިޔުންތެރިޔާ ޝިޒާ ޝަހުޒާދުގެ އަމިއްލަ ވާހަކަ އެކެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ.

މާހައުލަށް ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ.

ރާޅުތައް އައިސް ހިމުން ދޮންވެލިގަނޑުގައި ބީއްސަމުންދާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ.

ވަށައިގެން ވަނީ ފަޅުކަމެވެ.

މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ލަޔާން އިނީ އޭނާގެ އަމިއްލަ ދުނިޔެއަށް ޢަރަގުވެފައެވެ.

ލަޔާންގެ މަންމަ އަކީ ދެބައި އުމުރުގެ މީހެކެވެ.

އުމުރުގެ އެންމެ ފަހުދުވަސްތަށް ގުނަމުންދާ ވެސް މީހެކެވެ.ލަޔާން އަކީ މޮޅަށް ކިޔަވައިގެން އަމިއްލަ ފައި މައްޗަށް ތެދުވެ ހުރި 20 އަހަރުގެ ޒުވާނެކެވެ.

ލަޔާން ސިއްސައިގެން ދިޔައީ އޭނާއަށް އައި ފޯނު ކޯލުންނެވެ.ތެޅި ތެޅި އޮތް ހިތަކާއެކު ލަޔާން ފޯނު ނެގިއެވެ.ގުޅީ ލަޔާންގެ އެކުވެރި ހަޔާން އެވެ.

މަންމަ ވަރަށް ބޮޑަށް ބަލިވެގެން ސިއްޙީ މަރުކަޒަށް ގެންދެވުނު ވާހަކަ ގެންދެވުނު ވާހަކަ ބުންޏެވެ.

ފަޔަށް ލެވުނު ބާރެއް ލާފައި ލަޔާން ސިއްޙީ މަރުކަޒާ ދިމާލަށް މިސްރާބު ޖެހިއެވެ.

މި ދުނިޔޭގައި ލަޔާން ގެ ހުރި ހަމަ އެކަނި މީހަކީ އެއީއެވެ.ލަޔާން ވަރަށް ތުއްތު އިރު ލަޔާންގެ ބައްޕަ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ލަޔާންގެ މަންމަ ލަޔާން ބޮޑުކުރީ ކަށީގައި ނެތް ހިތްވަރެއް ލައިގެންނެވެ.

ސިއްޙީ މަރުކަޒާ ހަމަޔަށް ދެވުނު އިރު ލަޔާން ހުރީ ދާހިތްލާ ފޯވެފައެވެ.

އޭރު އެތަކެއް ނަރުހުން ހަރަކާތްތެރި ވާތީ އުޅެއެވެ.ހަޔާން ހުރީ އަވަސް ފަރުވާދޭ ކޮޓަރި ކުރިމަތީގައެވެ. ލަޔާންވެސް އެދިމާއަށް ހިނގައިގަތެވެ. އިރުކޮޅަކުން ޑަކުޓަރު ނިކުތެވެ.

ލަޔާންގެ މަންމަ މި ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ވާހަކަ ބުންޏެވެ.ލަޔާންގެ ލޮލަށް ޖަމާވި ކަރުނަތައް ލޯ ތެރޭގައި ގަނޑުވި ކަހަލައެވެ.

ކަންފަތަށް އިވޭ ކޮންމެ ލަފްޒެއް ހޮނު ގުގުރިއެއް ފަދައެެވެ.ޑަކުޓަރު ލަޔާން އަށް އެތެރެއަށް ވަންނަން ހުއްދަ ދިނުމުން އެތެރެއަށް ވަނެވެ. ލަޔާންގެ މަންމަ ލަޔާން އަށް ބަލާލިއެވެ.

ލަޔާންގެ ބަޑި ފަޅައިގެން ދިޔައެވެ.ކޮންމެ އިންސާނަކުވެސް މަރާ ބައްދަލުކުރަން ޖެހޭނެ އެވެ.ލަޔާންގެ މަންމަ ލަޔާން އަށް އެތަކެއް ނަސޭހަތެއް ލައިދިނެވެ.

ހިތްވަރު ކުރުމަށް އެދުނެވެ.ލަޔާންގެ މަންމަ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކުރިއެވެ.ހިތުގެ ވިންދު ހުއްޓުނީ ލަޔާންގެ އަތުތެރޭގައި އޮއްވަ އެވެ.މޫނު މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.

މި ދުނިޔެ ދޫކުރި ކަމުގައި ވީ ނަމަވެސް ހިތްހަމަ ޖެހިއްޖޭ ބުނާ ކަހަލައެވެ.ކަށުކަމާކެމީގެ ކަންތަށް ނިމުމަށްފަހު ލަޔާން ގެއަށް އައެވެ.ގޭތެރޭގައި ވަނީ ފަޅުކަމެވެ.

ރޭގަނޑުގެ އަނދިރި ކަމަށް ފަހު ދުވާލުގެ އަލިކަމަށް މަރުހަބާ ކީއިރު ލަޔާން ހުރީ ލޯންޗު ފުރަންވާއިރަށް މަޑުކޮށްގެންނެވެ....

(ނުނިމޭ)