"ބްރަދަރ މުއްތަލިބު" އިދިކޮޅު ސިއްސުވާލި ވަޒީރު!
އަބަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި، އާންމު ބަހުން ނަމަ " އަޕްސް އެންޑް ޑައުން " އަންނަ ފަހަރު މަދެއް ނޫނެވެ. މާ ބޮޑު ތަފްސީލަކަށް ނުދިޔަޔަސް މިއީ އޭގެން ދުވަސް ވަރެއްކަން އެނގެއެވެ.
ރަސްމާލޭ އެކެވެ. އީގަލްސް ހިލްސްއެކެވެ. އަލައްބާރެކެވެ. ބްރަދާ މުއްތަލިބެކެވެ.
މި ފަހުން އެންމެ ފާހަގަކޮށްލެވޭ އަދި އިދިކޮޅު ފަރާތްތަކުން އެންމެ ބިރުގަންނަ ނަމަކަށް ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބުގެ ނަންވެއްޖެއެވެ.
Ads by BMLރައްޔިތުންގެ ތެރޭގައި "ބްރަދަރ މުއްތަލިބު" ގެ ނަމުން މަޝްހޫރުވެފައިވާ މި ޝަޚްޞިއްޔަތަކީ، ހަމައެކަނި ނަމަކުން ވަޒީރަކަށް ވީ ބޭފުޅެއް ނޫނެވެ. އެއީ ތައުލީމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ ތާރީޚު ބަދަލުކޮށްލަން ކުޅަދާނަ ބޭފުޅެކެވެ.
އިދިކޮޅުން މިވަރަށް ޖައްސާލުމުން މިކަމުގެ ހަގީގަތެއް އޮތްތޯ ބަލާލުމަށް ތަންތަން ހާވައި މައުލޫމާތު އެއްކުން ފަށައިގަތީމެވެ. ތެދެކެވެ. ޖެހިލުންވާނެތާއެވެ. ސިޔާސީ ދާއިރާގައި މުއްތަލިބުގެ ތަޖުރިބާ ދިގެވެ. ތަފާތު ދާއިރާތަކުން ޚިދުމަތް ކުރައްވައި، ރަށްރަށުގެ ބިނާވެށީގެ މަޝްރޫޢުތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ތަޖުރިބާގެ ސަބަބުން، ހައުސިން މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގަތުމުން، އާދައިގެ ވަޒީރަކަށް ވުރެ ތަފާތު ކަންކަން ފެނިގެންދިޔައެވެ. އާންމު ބަހުން ނަމަ ރާއްޖެތެރޭ ރަށެއްގެ ވަޒީރެކެވެ.
ސިޔާސީ ދާއިރާގައި މުއްތަލިބުގެ ތަޖުރިބާ މާ ބޮޑަށްވެސް ދިގެވެ. މިވާހަކަތަކުގެ ތަފްސީލަކަށް ދާކަށް ނެތީމެވެ. ސިއްސުވާލި ސަބަބު ކުރުގޮތަކަށް ނަމަވެސް ލިޔެވޭތޯ އެބަބަލަމެވެ. މުއްތަލިބުގެ ބެލުމުގެ ދަށުން ރާވަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ރަށްރަށުގެ ބިނާވެށީ ތަރައްޤީކުރުމުގެ ޕްލޭންތަކަކީ ހަމައެކަނި ކަރުދާހުގައި އޮތް ރޭވުންތަކެއް ނޫނެވެ. ރައްޔިތުންނަށް ފަހިވާނެ، ޢަމަލީ ގޮތުން ފެންނަ ނަތީޖާ ލިބޭނެ ޕްރޮޖެކްޓްތަކެކެވެ. މިއީ ކަންނޭނގެ، އިދިކޮޅު ފަރާތްތަކުން "ބްރަދަރ މުއްތަލިބު" ދެކެ ޖެހިލުންވާ އެންމެ ބޮޑު ސަބަބަކީ.
އަބްދުﷲ މުއްތަލިބަކީ ހަމައެކަނި ސިޔާސީ ނަމެއް ނޫނެވެ. ތައުލީމާއި ތަޖުރިބާގެ ބާރުން، ރާއްޖޭގެ ތަރައްޤީގެ މިސްރާބު ބަދަލުކޮށްލަން ކުޅަދާނަ ލީޑަރެކެވެ. މިއީ ތާރީޚު ބަދަލުކޮށްލަން ކުޅަދާނަ ވަޒީރެއްކަން، އަންނަން ހުރި ދުވަސްތަކުގައި މުޅި ރާއްޖެއަށް ހެކިވާނެ ކަމާމެދު ޝައްކެއް ނެތެވެ.
އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކާއި ސިޔާސީ ހަމަލާތައް މުއްތަލިބާ ދިމާއަށް އަމާޒުވަމުންދާ މައިގަނޑު ސަބަބަކީ، އޭނާގެ ހުންނެވި މަސައްކަތުގެ އަވަސް ދުވެއްޔާއި، ނަތީޖާ ނެރެދިނުމުގެ ސާބިތުކަމެވެ.
ބަހަނާއެއް ނުދައްކަވައި، ހަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމެވުމަކީ އޭނާގެ މިޒާޖެވެ. އެހެންކަމުން، ސިޔާސީ ވާދަވެރިންނަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މުއްތަލިބުގެ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ކުރިމަތީގައި ދައްކާނެ އިތުރު ވާހަކައެއް ނެތުމެވެ.
މުސްތަޤުބަލުގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވައި، ގައުމުގެ އުމްރާނީ ތަރައްޤީ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ވަޒީރަކީ މިއީ ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ސިޔާސީ ތޫފާންތަކުގެ ތެރެއިން ވެސް ގައުމީ ޚިދުމަތުގައި ސާބިތުވެ ހުންނެވި "ބްރަދަރ މުއްތަލިބު" ވެގެންދާނީ ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ ފަދަ އިންގިލާބީ ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ވަޒީރަކަށެވެ.
Ads by MACL
