ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ބަަނަވެ ހުސްވި ހަޔާތް (2)

ބަަނަވެ ހުސްވި ހަޔާތް (2)

ރޭގަނޑުގެ އަނދިރިކަމަށް ފަހު ދުވާލުގެ އަލިކަމަށް މަރުހަބާ ކީ އިރު ލަޔާން ހުރީ ލޯންޗު ފުރަންވާ އިރަށް މަޑުކޮށްގެންނެވެ.ލަޔާން ބޭނުންވަނީ އަމިއްލަ ރަށް ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރާށެވެ.ލަޔާން ދެކޭގޮތުގައި ލަޔާން ރަށުގައި ހުރުމުގެ މާ ބޮޑު ބޭނުމެއްވެސް ނެތެވެ.އާއިލާގެ ބަޔަކު ނެތެވެ.ހުރީ ހަމަ އެކަނި މަންމަ އެވެ.އެފަކީރު ވެސް އަބަދަށްޓަކައި ވަކިވީ އެވެ.

ލަޔާން އަށް ހޭ ވެރިކަން ވީ އިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލޯންޗު ބ.އޭދަފުށީ ފާލަމަށް މަޑުކޮށްފިއެވެ..ހިންދިރުވާލުމަށްފަހު ލަޔާން ލޯންޗް އިން ފޭބުމަށްފަހު ،ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ.ބަދަރު މަތިން ފެނިގެންދިޔައީ ލަޔާން އަށް މުޅިންވެސް އާ މޫނު ތަކެކެވެ.ލަޔާން ގެ ރަހުމަތްތެރިޔާ، މާޒިން ފިޔަވައެވެ. ލަޔާން އަށް މަރުހަބާ ކިޔުމުގެ ގޮތުން މާޒިން އައިސް ލަޔާން އާ ސަލާމް ކުރިއެވެ.އަދި ލަޔާން ގޮވައިގެން މާޒިން ގެ ގެއަށް މިސްރާބު ޖެހިއެވެ.

ގެއަށް ދެވުނު އިރު މާޒިންގެ މަންމަ ލަހުމާ ހުރީ ލަޔާން އަންނަން ވާ އިރަށް ސައި ތައްޔާރު ކޮށްފައެވެ.ސައި ބޮއެގެން ލަޔާން އަތިރި މައްޗަށް ނުކުތެވެ.ލަޔާން ގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ.ލަޔާން ގެ ހަޔާތަށް އައިސްފައިވަނީ ނިމުމެއް ނުވާ ކަޅުފޮއެ ރެއެކެވެ.އުސްގަނޑެއް ނުވާ އަޑިގަނޑެކެވެ.ލަޔާން ވެސް ދިރިއުޅުމުގައި އެތަކެއް ހުވަފެންތަކެއް ދެކުނެވެ.އެ ހުވަފެންތަކުގައި ކުލަޖައްސަން ލަޔާން ބޭނުމެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވެފައި ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ. މަންމަ ގެ ހަނދާންތަކާ ދުރަށް ދާން ލަޔާން ވެސް ބޭނުމެވެ.ނަމަވެސް އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވިއެވެ.

ހެދުނުގެ ހިތްގައިމު ވަގުތެވެ.ކަހާލެވިފައިވާ ތުނި ފަރުދާ ފޮތިގަނޑުން ފޭދިގެން އައި އިރުގެ ދޯދިތަށް ނިދާފައި އޮތް ލަޔާންގެ މޫނަށް އެޅުނެވެ.ލަޔާން މަޑު މަޑުން ދެލޯ ހުޅުވާލިއެވެ.އަދި ތެދުވެ އެނދުގައި އިށީނދެލިއެވެ.ކޮޓަރި ތެރެއިން ފެންނަނީ އާ ދުވަހަކަށް ދުނިޔެ ދޮންކުރަމުން އަންނަ މަންޒަރެވެ. ފާހަނައަށް ވަންނަން އުޅުނު ތަނާ ލަޔާން އަށް ފޯނެއް އައެވެ.ގުޅީ މާޒިން އެވެ.މާޒިންމެން ޕިކުނިކު ދާންވެގެން ހަމަ ޖެއްސި ދަތުރުގައި ލަޔާން ވެސް ގެންދަން ބޭނުންވާ ވާހަކަ ބުންޏެވެ. ލަޔާން އާއެކޭ ބުނެލީ ބޭކާރު ހިޔާލުތަކާއި ފިކުރު ތަކުން ދުރަށް ދާން ބޭނުންވާތީއެވެ.

ދަތުރުގެ ހުރިހާ ބައިވެރިން ދަތުރަށް ބޭނުންވާ ސާމާނުތަށް ޑިންގީ އަށް އެރުވުމަށް ފަހު ހުރިހާ ބައިވެރިންނާ އެކީ ދާން ބޭނުންވާ މަންޒިލަށް ދަތުރު ފެށިއެވެ.
ބ. އިންނަފުއްޓަކީ މީހުން ނޫޅޭ ފަޅުރަށެކެވެ. ހިތްގައިމު ތުނޑިއެއް އޮންނަ މިރަށަކީ އާދަޔާ ޙިލާފަށް ދޫނި ގިނަ ރަށެކެވެ. ދަތުރުގައި ބައިވެރި ވީ މާޒިންގެ ރައްޓެހިންނާ އެމީހުންގެ ބިޓުންނެވެ.ލަޔާން އަލަށް ވެސް ކުއްޖަކާ ރައްޓެހި ނުވެއެވެ. މިކަމާ މާޒިންމެން ލަޔާން އާ ވަރަށް ދިމާކުރިއެވެ.

މާޒިން، އަހުސަން ، ފިރުޝާން އަދި ނަބީލް އަކީ މަސްބާނަން ފޯރި ހުންނަ ބައެއްް ކަމުން އައިސް މަޑުނުވެ އެމީހުން މަސްބާނަން ދިޔައެވެ.އައިޝާ އާއި ސަމާ ވެސް އެމީހުން ފަހަތުން ދިޔައެވެ.ހަނާ އާއި ކުލްސޫމް އުޅުނީ އެމީހުން އަންނަން ވާ އިރަށް ނޫޑުލްސް ކެއްކުމުގައެވެ.ލަޔާން ވެސް ހުރީ ކެއްކުމުގައި އެހީ ވާށެވެ. ހަނާ ލަޔާން އައި ވާހަކަ ދައްކާއިރު ވެސް ލަޔާންގެ މާ ބޮޑު ސަމާލުކަމެއް ނުހުރެއެވެ.. ކުލްސޫމް ލަޔާން އަށް ގޮވާލިއެވެ..ޖަވާބު ގައި ލަޔާން ހިނިތުންވެލިއެވެ.ހަނާ ހުރުމުން ކުލްސޫމް ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ނުދެއްކުނެވެ.ކުލްސޫމް އިތުރަށް ލަޔާން ގެ މައުލޫމާތުތަށް އޮޅުން ފިލުވަން ބޭނުންވިއެވެ.ނަމަވެސް ހަނާ ގެ ފަރާތުން ލަޔާން އަށް އެނގުނު ކަމަކީ ކުލްސޫމްއަކީ  މާޒިންގެ މަންމަ ލަހުމާގެ ބޭބެ ކަރީމްގެ ހުރި ހަމަ އެކަނި ދަރިފުޅުކަމެވެ.މާޒިން އަކީ ލަޔާން ގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް ވީތީ  ވެސް ކުލްސޫމް އާ އެހާ ގާތް ގުޅުމެއް ބާއްވާކަށް ލަޔާން ބޭނުމެއް ނުވިއެވެ.ނަމަވެސް ކުލްސޫމްގެ ހިތުގައި ލަޔާން އަށްޓަކާ ބުނެދޭން ނޭނގޭ ކަހަލަ ޖަޒުބާތު ތަކެއް އުފެދެން ފެށިއެވެ..

(ނުނިމޭ)