މި ފެންވަރުގެ ރައީސެއް ނުދެކެމެންނު، 8 ދުވަހުން 31 ރަށަށް، ވަރުބަލިކަމެއްނެތި ރައްޔިތުންނާއިއެކު އެތައް ވަގުތެއް!
ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ނުދެކޭ ފަދަ ހިންމަތަކާއި ގައުމީ ލޯތްބާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 8 ދުވަހުގެ ތެރޭގައި 31 ރަށަށް ތާރީޚީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯތްބާއި، ވަރުބަލިކަމެއްނެތި ގައުމީ ޚިދުމަތުގައި ދެމިހުރުމަށް ހުރި އަޒުމުގެ ދަލީލެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މި ދަތުރުފުޅުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވިލުފުށި އަދި މަޑިފުށި ފަދަ ރަށްރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވެއެވެ. މި މަރުޙަބާތަކުން ދައްކުވައިދެނީ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޑރ. މުޢިއްޒަށް އޮތް އިތުބާރާއި ލޯތްބެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޝުޢޫރުތައް އަޑުއައްސަވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމަކީ، ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ މަޤާމު އިތުރަށް ހަރުދަނާކޮށްދޭ ކަމެކެވެ.
Ads by BMLމި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާޙުކުރައްވައި، ބިންގާ އަޅުއްވާފައެވެ. މީގެ ތެރޭގައި މުލަކަތޮޅު މަޑިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން، ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން، ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން، އަދި ބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދީ، އިޤްތިޞާދީ ކުރިއެރުންތަކެއް ހޯދައިދޭނެ މަޝްރޫޢުތަކެކެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ރަށްރަށަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ، އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު ވެވަޑައިގެންނެވި ވަޢުދުތައްކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު 8 ދުވަހުގެ ތެރޭގައި 31 ރަށަށް ކުރެއްވި މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯބި އިންތިހާއަށް ދައްކުވައިދޭ ކަމެކެވެ. ވަރުބަލިކަމެއްނެތި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކެތްތެރިކަމާއި، އޯގާތެރިކަމާއެކު އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ، ގައުމީ ޚިދުމަތުގެ އެންމެ މަތިވެރި މިސާލެވެ.
މި ދަތުރުފުޅުގެ ސަބަބުން ރައްޔިތުންނާއި ސަރުކާރުގެ ގުޅުން އިތުރަށް ބަދަހިވެ، ތަރައްޤީގެ އާ އުފާވެރި ދުވަސްތަކަކަށް މަގުފަހިވެގެންދާނެކަން ޔަގީނެވެ.
Ads by MACL
