ރިވިއު: ނެރުނުތާ ހަފްތާއެއް ފަހުން އައިފޯން 17 ޕްރޯ މޮޑެލްތައް
އައިފޯން 17 ޕްރޯ މޮޑެލްތައް އެއް ހަފްތާ ބޭނުންކުރުމަށްފަހު، މެކްރޫމަރސް އިން ނެރެފައިވާ ރިވިއުއެއްގައި، މި ފޯނުގެ މުހިންމު ސިފަތަކާއި ކުރިއެރުންތަކަށް އަލިއަޅުވާލާފައިވެއެވެ.
އައިފޯން 17 ޕްރޯގެ ކުރިމަތީގައި ބޭނުންކޮށްފައިވަނީ ސެރެމިކް ޝީލްޑް 2 އެވެ. މިއީ ފޯނުގައި ކޫރުއެޅުމާއި، ހަލާކުވުމުން ރައްކާތެރިކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެކެވެ. މެކްރޫމަރސްގެ ރިވިއުއަށް ބަލާއިރު، އެއް ހަފްތާގެ ބޭނުންކުރުމަށްފަހުވެސް ޑިސްޕްލޭގައި އެއްވެސް ކޫރުމެއް ނުވަތަ ހަލާކެއް ފެނިފައެއް ނުވެއެވެ. ކުރީގެ އައިފޯންތަކާ އަޅާބަލާއިރު، މިކަމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ޑިސްޕްލޭގައި އެންޓި-ރިފްލެކްޓިވް ލޭޔަރެއް ހިމެނޭކަމަށް ބުނެފައިވީނަމަވެސް، އައިފޯން 16 ޕްރޯއާ އަޅާބަލާއިރު މާބޮޑު ތަފާތެއް ފާހަގައެއް ނުވެއެވެ. މިއީ ކުޑަ ބަދަލެއް ނަމަވެސް، މާބޮޑު ސިފައެއް ނޫން ކަމަށް ރިވިއުއިން ދައްކައެވެ.
Ads by BMLއައިފޯން 17 ޕްރޯ މޮޑެލްތަކުގައި ހިމެނޭ އަޕްޑޭޓްކޮށްފައިވާ ވޭޕަރ ޗެމްބަރ ކޫލިންގ ސިސްޓަމް އާއި އެލްމިނިއަމް ފްރޭމްގެ ސަބަބުން ފޯނު ހޫނުވުން ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އައިފޯން 16 ޕްރޯ މޮޑެލްތަކާ ހިލާފަށް، އައިފޯން 17 ޕްރޯ މޮޑެލްތައް މާބޮޑަށް ހޫނެއް ނުވެއެވެ.
ބެޓެރީގެ ދެމިހުރުމަށް ބަލާއިރު، 17 ޕްރޯ އަދި ޕްރޯ މެކްސް ދެ މޮޑެލްގައިވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ފެނިފައިވެއެވެ. ޚާއްސަކޮށް 17 ޕްރޯ މެކްސް، 16 ޕްރޯ މެކްސްއަށްވުރެ ގިނަ ގަޑިއިރު ބެޓެރީ ދެމިހުރެއެވެ. ނަމަވެސް، މި ފޯނު ކުރިއަށްވުރެ ބަރުވެ، ބޯވެފައިވާކަން ފާހަގަކުރެވެއެވެ.
ފްރަންޓް ކެމެރާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ރިވިއުއިން ދައްކައެވެ. ސެލްފީތައް ކުރިއަށްވުރެ ރީތިވެފައިވާއިރު، ގްރޫޕް ފޮޓޯ ނެގުމަށް ވައިޑް-އެންގަލް ލޭންޑްސްކޭޕް ސެލްފީ ނެގުމުގެ އޮޕްޝަން ވަރަށް ފައިދާހުރިކަމަށް ބުނެފައިވެއެވެ.
އާ ޓެލެފޮޓޯ ލެންސް އިން 8x އޮޕްޓިކަލް ޒޫމްއަށް ސަޕޯޓްކުރެއެވެ. އަލި ރަނގަޅު ތަންތަނުގައި 8x ޒޫމްއިން ނަގާ ފޮޓޯތައް ވަރަށް ރީތިކަމަށް ވެއެވެ. ނަމަވެސް، އަލި މަޑު ތަންތަނުގައި މި ލެންސްގެ ފެންވަރު މާ ރަނގަޅެއް ނޫނެވެ. އަލި މަޑު ތަންތަނުގައި 4x ލެންސްގެ ފެންވަރު އަދިވެސް ރަނގަޅުކަމަށް ރިވިއުއިން ދައްކައެވެ.
Ads by MACL
