ތާރީހުގެ ތެރެއިން: ރާއްޖޭގެ ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ދަނޑިވަޅު އެމްޑީޕީން ބެލީ ވައްކަން ކުރެވޭތޯ: އިންތި
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުވައިގެން ދެކެވޭ ވައްކަމާއި ޚިޔާނާތުގެ ތުހުމަތުތަކަކީ އިއްޔެއަކު މިއަދަކު ދެކެވެމުން އަންނަ ވާހަކަތަކެއް ނޫނެވެ. އެއީ އެޕާޓީ އުފެދުނީއްސުރެވެސް އެކިއެކި ޕޯޑިއަމްތަކުގައްޔާއި އެކިއެކި މަންސަތަކުގައި އެކިފެންވަރުގައި ، އެކިފެންވަރުގެ ބޭފުޅުން ދައްކަވަުން ގެންދިޔަ ވާހަކަ ތަކެކެވެ. އެމްޑީޕީގެ އިދިކޮޅު ފިކުރުތަކުގެ ބޭފުޅުންގެ އެފަދަ ތުހުމަތު ތަކުގެ އިތުރުން އެޕާޓީ އުފެއްދުމުގައި އެންމެ ކުރީސަފުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންވެސް ވަނީ އެފަދަ ތުހުމަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާފައެވެ.
އެމްޑީޕީ އުފެދުނީއްސުރެ ދެގޮތެއް ނުވެ ޕާޓީއަށް ޚިދުމަތްކުރުމުގައި އޭރު ހުންނެވި އެއްބޭފުޅަކީ އެމްޑީޕީގެ އިސްމަޤާމްތަކެއް އެކިދުވަސްވަރު ފުރުއްވާފައިވާ ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީއެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވައްކަމާއި ޚިޔާނާތުގެ ދިގު ތާރީޚެއް އޮތް ސިޔާސީ ޕާޓީއެއްކަމަށެވެ. އެޕާޓީން ވަކިވެ އެޕާޓީން ނިކުންނަން ޖެހުނީވެސް ކޮރޮޕްޝަނާ ދުރައްދާން ވެގެން ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ޕާޓީއެއް އުފައްދަންޖެހުނީވެސް އެސަބަބާ ހެދިކަމަށް އޭނާ ވިދާޅުވިއެވެ.
ދަޑިމެކޮރެޓްސްގެ އެދުވަހުގެ ޖަލްސާގައި އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ދަނޑިވަޅުގައި އެމްޑީޕީން ބެލީ ވައްކަން ކުރެވޭތޯ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ދަށުން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް އޭނާ އިޝާރާތްކުރެއްވިއެވެ. އިމްތިޔާޒް ފަހުމީ، ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އޮތީ ވައްކަމުގެ ބޮޑު ހާއްޔަކަށް ބަދަލުވެފައިވާ ކަމަށެވެ. އެމްޑީޕީން ވެރިކަމަށް އައީ ވައްކަން ނައްތާލުމުގެ ވައުދާއެކު ކަމަށްވިޔަސް، އެ ސަރުކާރު ވައްކަމުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއިމްތިޔާޒް ފަހުމީގެ ބަސްފުޅުތަކުގެ އިތުރުން، އެމްޑީޕީއާ ގުޅުވައިގެން އެހެނިހެން ކޮރަޕްޝަންގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.
އެމްޑީޕީ ސަރުކާރުގެ ދަށުން ފެނަކައިން ބޮޑެތި ޚިޔާނާތްތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އޮޑިޓް ރިޕޯޓްތަކުން އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ޚިޔާނާތް 2 ބިލިއަނަށްވުރެ އިތުރުކަން ހާމަވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިސާލަކަށް، 2 މިލިއަން ރުފިޔާއަށް ލިބޭ ޖަނަރޭޓަރު 17 މިލިއަނަށް ގަނެފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލައަކީ އެމްޑީޕީ ސަރުކާރުގެ ދަށުން ހިނގި ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ ވައްކަންތައްވެސް އަންނަނީ ފަޅާއަރަމުންނެވެ. މިފަދަ މައުލޫމާތުތަކުން ދައްކައިދެނީ އެމްޑީޕީއާ ގުޅުވައިގެން ވައްކަމާއި ޚިޔާނާތުގެ ގިނަ ތުހުމަތުތަކެއް ހުރި ކަމެވެ. އިމްތިޔާޒް ފަހުމީގެ ބަސްފުޅުތަކާއި، ފެނަކައިގެ ޚިޔާނާތާއި، ވެންޓިލޭޓަރު ވައްކަމާއި، މިފަދަ ތުހުމަތުތަކަކީ ސިޔާސީ ޕާޓީއެއްގެ އިތުބާރު ގެއްލުވާލާ ކަންކަމެވެ. މި މައްސަލަތައް އިތުރަށް ތަހުގީގުކޮށް، ޒިންމާދާރު ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.
Ads by MACL
