ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ރައީސްއެވެ. މަދުބަޔަކު ނިކުމެ ކުއްލިއަކަށް މިގައުމު ހަލަބޮލި ކުރުމަށް ޖާގަ ނުދޭށެވެ. މިގައުމަށް ހަމަޖެހުން ބޭނުންވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ގުނަމުން މިދަނީ ބަރަކާތްތެރި ރަމަޞާން މަހުގެ ފުރަތަމަ 10 އެކެވެ. މަދުބައެއްގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް ހެދިފައިވާ ގާނޫނުތައް މުގުރައި މި ގައުމު ހަލަބޮލި ކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތައް ހުއްޓުވާށެވެ. އެހެނީ މިގައުމުގެ ގިނަ ރައްޔިތުން ހަމަޖެހުން ބޭނުންވެއެވެ.

ސިޔާސީ މަންފާއެއް، ގެއްލިފައިވާ ތާއީދެއް، ނެތިފައިވާ އިތުބާރެއް ހޯދުމަށް ބަޔަކު ކެނޑިނޭޅި އެކިގޮތްގޮތުން މަސައްކަތް ކުރަމުން ދާތަން އެބަފެނެއެވެ. ކުރި ވައްކަންތަކާއި ދިން ގެއްލުންތައް އަދި ހަނދާނުން ނުފިލައެވެ.

މަގުމައްޗަށް ކުއްލިއަކަށް ނިކުތީ ބޮޑު ސިންގާ ސިޔާސީ ޕާޓީއެއް ނޫނެވެ. ދައްކަން އުޅުނީ ސިޔާސީ ވާހަކައެއްވެސް ނޫނެވެ. ކުރަން އުޅުނީ ހުއްދަ ސިޔާސީ ހަރަކާތެއްވެސް ނޫނެވެ.

ވުޖޫދުގައި ނެތްކަމެއް ތިލަކޮށް ތިމާމެންގެ ތާއީދު ނެތްކަން އެނގުމުން ކޮންމެވެސް ބަހަނާއެއް ވާހަކައެއް ދެކެވޭތޯ ބަލާލީއެވެ. މި ސަރުކާރަކުން އަދި މިހާތަނަށް ރައްޔިތުންނަށް ދަތިވެ، ކެތްތެރިކަން ކޮޅުން ލައިގެން މުޒާހަރާ ކުރުމަށް ކައިރިއެއްވެސް ނުވެއެވެ. އަމިއްލަ މަންފާއަށްވުރެ ބޮޑަށް މުޅިރައްޔިތުންނަށް ފައިދާ ހުރި ކިތަންމެ ކިތަންމެ ކަމެއް މިހާރުވެސް ދެއްކިދާނެއެވެ. ބަޔަކަށް ހަޖަމު ނުވެ ހުނބުޅު ދުއްވަންް އަދި ކައިރިއެއްވެސް ނުވެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ރައްޔިތުންނާއި ބައްދަލުވެގެން މިދަނީ އުފާވެރިކަމާއި އެކުއެވެ. ހިދުމަތާއި މުދަލުގެ ކޮންޓްރޯލް ކުރުމަށް ބާޒާރުގައި ތަކެތީގެ އަގުވަނީ އަތް ފޯރާ ފަށުގައެވެ. ސީދާ ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކުގައި ސަރުކާރުން ތިއްބަވަނީ ރައްޔިތުންގެ ފަޅީގައެވެ. ރަމަޟާން މަސް ބައްދަލުވެ މިދަނީ މަސްވެރިބާނާ މަހަށް ބަރާބަރަށް ފައިސާ ލިބިގެންނެވެ. ބޭނުންވާ ޒަރޫރީ ކަންކަން މަސްވެރި އާއިލާތަކުން ތިބެނީ ފުއްދައިގެންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ރައްޔިތަކާއި ބައްދަލު ކުރީ މަސްދަޅު ކޭހުގެ އުފާވެރިކަމާއި އެކުއެވެ. މިދަފައިން ކަންތައްތައް ކުރަމުން ދަނިކޮށް މަދުބަޔަކު ނިކުމެ މި ހަމަޖެހުން ނަގާލައިގެން ނުވާނެއެވެ. އެ ފުރުސަތެއްވެސްދީގެން ނުވާނެއެވެ. މިގައުމަށް ހަމަޖެހުން ބޭނުންވެއެވެ.

ރައީސްއެވެ. މަދުބަޔަކު ނިކުމެ ކުއްލިއަކަށް މިގައުމު ހަލަބޮލި ކުރުމަށް ޖާގަ ނުދޭށެވެ. މިގައުމަށް ހަމަޖެހުން ބޭނުންވެއެވެ.