ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިމިގްރޭޝަނަށް 75، އިތުބާރު ހިފޭ ހެޔޮ މުވައްސަސާއެއް، ޝައްމާނާއި އަޝްފާނަށް ސާބަސް!

އިމްގްރޭޝަން ކޮންޓްރޯލަރ ޝައްމާން އަދި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޝްފާން
އިމްގްރޭޝަން ކޮންޓްރޯލަރ ޝައްމާން އަދި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޝްފާން

1950 އިން ފެށިގެން 2025 މާޗް މަހުގެ 24 އަށް ދިވެހިރާއްޖޭގެ މައި ގޭޓުގެ މުހިންމު ބައިވެރިޔާ އިމިގްރޭޝަނަށް 75 އަހަރު ފުރެނީއެވެ.

ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރުގެ ހިދުމަތާއި، ރާއްޖޭގެ ބޯޑަރު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި، ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަމުގައި އިމިގްރޭޝަނުން އަދާކޮށްފައިވާ މުހިއްމު ރޯލުތަކަކީ މިއަދު ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނޭ މަސައްކަތެކެވެ.

ނިމިދިޔަ އަހަރާއި މިއަހަރުގައި ވެސް އިމިގްރޭޝަންގެ އަޑު ފަނޑުވެގެން ނުދިޔައެވެ. ކޮންމެވެސް ދިމާލަކުން ބިދޭސީންތަކެއް ހައްޔަރަށް ލައި މި ގައުމުން ފޮނުވާލަނީއެވެ. ސައްހަ ވާން ބޭނުންވާ ބިދޭސީންނަށް މުއްދަތު ދީ އެމަސައްކަތް ވެސް ކުރަނީއެވެ. ޕާސްޕޯޓާއި އެނޫންވެސް ހިދުމަތްތައް އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާ ވާހަކަ އަކީ ތޯތޯ ވާހަކައެއް ނޫންނެވެ. އަމިއްލަ ރަށުގައި ތިބެ ޕާސްޕޯޓަށް އެދެވި އަތަށް ލިބެއެވެ.

ބިދޭސީން އަމިއްލައަށް ކުރަމުންދިޔަ ވިޔަފާރިތަކަށް ރެއިޑްކޮށް ހުއްޓުވައި އަލުން އަނބުރާ ދިވެހީންނަށް ފުރުސަތު ހުޅުވިގެން ދިޔައީއެވެ. މުޑުދާރު ސިއްޚަތާއި ނުބައްދަލު ދިވެހިންނަށް ވިއްކަމުންދިޔަ އެކިއެކި ބާވަތްތައް ހުއްޓުވައި އިތުބާރު ހޯދި މުވައްސަސާއެއް މި ނޫނިއްޔާ ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިއަދާ ހަމަޔަށް 7000 ހާހާއި ގާތްކުރާ އަދަދަށް ބިދޭސީން ޑީޕޯޓު ކޮއްލުމަކީ ކުޑަ އަދި ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ ސާބަސް ދެވިދާނެއެވެ. ޝައްމާނަކަށް އަޝްފާނަކަށް ތިޔަ ކޮށްދެއްވަނީ ގައުމަށް އިޚްލާސްތެރި މަސައްކަތެެކެވެ.

މުވައްޒަފުންނާއި އެއްހަމައެއްގައި ތިޔަ ކުރައްވަނީ ގައުމީ މަސައްކަތެކެވެ. ދިވެހި އަމިއްލާ ޕާސްޕޯޓަށް އޭޝިއާގެ އެވޯޑް ލިބުމަކީ އާދައިގެ އާދައިގެ ކަމެއް ނޫނެވެ. ކްރޫޒް ލައިނާ ތަކުން ރާއްޖެއަންނަ ފަތުރުވެރިންގެ ވިސާ އާއި އެހެނިހެން ކްލިއަރެންސް އަވަހަށް ދީ ނިންމައި ދިވެހިންގެ އިގްތިސާދަށް ތިޔަ ވަނީ ކޮންފަދަ އެހީތެރިކަމެއް ތޯއެވެ.

ތިޔަ ފުރެނީ 75 އަހަރެވެ. އަދިވެސް ތިޔަ ގޮތުގައި އިޚްލާސްތެރި ތެދުވެރި ނިޔަތަކާއި އެކު މަސައްކަތް ކުރާށެވެ. ތިޔަ މުވައްސަސާގެ ފިޔަ ތިޖަހަނީ މެދުއުޑުގައެވެ. ތިއީ އިތުބާރު ހިފޭ ހެޔޮ މުވައްސަސާއެކެވެ. ޝައްމާނާއި އަޝްފާނަށް ސާބަހެވެ.