ޕާކިސްތާނުގެ ސިފައިން ހިންގި އޮޕަރޭޝަންތަކެއްގައި 13 ހަނގުރާމަ ވެރިން މަރާލައިފި
ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ (ކޭޕީ) ޕްރޮވިންސްގައި ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި 13 ޓެރަރިސްޓުން މަރާލައިފި ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގ، އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުރިމަތިލުންތައް ހިނގާފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޓެރަރިސްޓުން ހަރަކާތްތެރިވާ ކަމަށް ލިބުނު ސިއްރު މައުލޫމާތުތަކަކާ ގުޅިގެންނެވެ.
އައިއެސްޕީއާރުން ހާމަކުރި ގޮތުގައި، ސަލާމަތީ ބާރުތަކާއި ޓެރަރިސްޓުންނާ ދެމެދު ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އަދި މަރާލެވުނު ޓެރަރިސްޓުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ
Ads by BMLމި އޮޕަރޭޝަންތަކަށްފަހު، އެ ސަރަހައްދުގައި ފިލާ ތިބި އިތުރު ޓެރަރިސްޓުން ހޯދުމަށްޓަކައި ސާޗް އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ތަކުރާރުކޮށް ބުނަމުންދަނީ، ގައުމުން ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
Ads by MACL
