ރައީސް ޑރ މުއިއްޒުގެ މަސައްކަތްތައް ފެނި މަހްލޫފް އާޝޯހުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު މަޚުލޫފު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަޚުލޫފު ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ހިތްގައިމު އަދި ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށެވެ.
މަޚުލޫފުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ ދަތި ވަގުތުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާޢީ ކަންކަން ވަރަށް ފުރިހަމައަށް މެނޭޖުކުރައްވާފައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ބުރޫއަރައި، ދަތުރުފަތުރުގެ އަގު އުފުލި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން މަދުވެގެން ދިޔަ ވަގުތެއްގައިވެސް، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރި މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
Ads by BMLދައުލަތުގެ ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން މަޚުލޫފު ވިދާޅުވީ، މީގެ ކުރީގެ އެކިއެކި ސަރުކާރުތަކުން އެކި ބޭނުންތަކަށް ނަގާފައިވާ ބޮޑެތި ލޯނުތައް، ކަންދިމާކުރި ގޮތުން މި ސަރުކާރަށް އަދާކުރަން ޖެހުނު ނަމަވެސް، އެ ފައިސާ ދައްކަވައި ގައުމު ބަނގުރޫޓުވިޔަ ނުދީ ހިފަހައްޓަވާފައިވާ ކަމަށެވެ. ހަމައެއާއެކު، ގައުމަށް ބިޔަބޮޑެތި މަޝްރޫޢުތައް ގެނެސްދެއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހުއްޓުމެއް ނެތި ކުރިއަށްދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޚާރިޖީ ސިޔާސަތާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ސަރުކާރުން ނިންމި އެންމެ މުހިންމު އެއް ނިންމުމުގެ ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާންތަކާ ގުޅިގެން އިސްރާއީލު ރައްޔިތުން ރާއްޖެ އައުން މަނާކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަށްވެސް މަޚުލޫފު ވަނީ ތައުރީފު ކުރައްވާފައެވެ. ކުރީގެ ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ މަޚުލޫފު، ރައީސް ޑރ. މުޢިއްޒާއި ސަރުކާރަށް މަރުހަބާ ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ވައުދުތައް ފުއްދުމުގައްޔާއި ގައުމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމުގައި ސަރުކާރުން ދައްކަމުންދާ ހަރުދަނާކަމަށް ތާއީދު ކުރައްވަމުންނެވެ.
Ads by MACL
