2028 ގެ މެދުތެރެއަށްދާއިރު ކައުންސިލްތައް ހިމެނޭހެން ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކުރާނަން: ރައީސް
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭހެން ދައުލަތުގެ ހުރިހާ އިދާރާއަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު ފުރިހަމައަށް ޑިޖިޓަލްކޮށް ދިނުމަކީ ސަރުކާރުގެ 'މޯލްޑިވްސް 2.0' ސިޔާސަތުގެ މައިގަނޑު އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށެވެ. މިގޮތުން، 2028 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ދާއިރު، އޮފީސްތަކަށް ދާން ނުޖެހި އޮންލައިންކޮށް ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، 'މޯލްޑިވްސް 2.0' ގެ ދަށުން ގެނެވޭ މި ބަދަލާއެކު ޚިދުމަތްތައް ދިނުމުގައި ހުންނަ ލަސްތައް ނިމުމަކަށް އައިސް، ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
