ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާ ދިނީ އީރާނުން ކަން ކަށަވަރު ކުރެވޭނެ އެއްވެސް ހެއްކެތް އަދި ނުފެނޭ: ނޭޓޯ

ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާ ދިނީ އީރާނުން ކަން ކަށަވަރު ކުރެވޭނެ އެއްވެސް ހެއްކެތް އަދި ނުފެނޭ: ނޭޓޯ

ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ނޫން ކަމަށާއި އެއީ އިޒްރޭލުން ދިން ހަމަލާތަކެއްކަން ފަޅާއަރައިފި އެވެ.

ނޭޓޯގެ ސެކްރެޓަރީ ގެނެރަލް ޖެނެރަލް މާކް ރޫޓޭ ވިދާޅުވި ގޮތުގައި ޑިއޭގޯ ގާސިއާއަށް ހަމަލާދިނީ އިރާނުން ކަން އެނގޭނެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި ބޭނުން ކޮށްފައިވަނީ އިރާނުގެ މިސައިލް އަކުން ކަން ވެސް ކަށަވަރު ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިއޭގޯ ގާސިއާ އަށް ފޮނުވާލަން ބޭނުން ކުރި މިސައިލްތަކަކީ އީރާނުގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ކަން އަދި ކަށަވަރު ނުކުރެވޭ. އަހަރެމެން މިދަނީ އެ މައްސަލަ ދިރާސާ ކުރަމުން." ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ ވިދާޅުވި އެވެ.

ސީ.ބީ.އެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫޓޭ ވިދާޅުވީ، މިވަގުތު އެކަން އަދި ކަށަވަރުކޮށްދެވެން ނެތ ނަމަވެސް އެ ހަމަލާތައް ދީފައި ވަނީ އީރާނުން ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެ ހަމަލާ ދިނީ އީރާނުން ކަމަށް ތަހުގީގުން ދައްކައިފި ނަމަ އީރާނަށް މިހާރުވެސް އެ ގާބިލުކަން ލިބިފައިވާކަން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ މިސައިލް އަދި ނިއުކްލިއަރ ގާބިލުކަން ކުޑަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް "ވަރަށް މުހިންމު" މަސައްކަތްތަކެއްގެ ގޮތުގައި ރޫޓޭ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، އީރާނުން މިފަދަ ވަސީލަތްތައް ހޯދުމަކީ އިސްރާއީލަށާއި، އެ ސަރަހައްދަށާއި، ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގެ ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ވިދާޅުވެ ރޫޓޭ ވަނީ އިންޒާރު ދެއްވާފަ އެވެ. މި ހަމަލާއާ ގުޅިގެން ނޭޓޯއާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ނޭޓޯއިން މިހެން ބުނެފައިވާއިރު، އީރާނުން ވަނީ ޑީއޭގޯ ގާސިއާއަށް މިސައިން ހަމަލާ ނުދޭ ކަމަށް ބުނެފަ އެވެ. އަދި އެއީ އީރާނާއި މަތިކުރަން އިޒްރޭލުން ކުރި ކަމެއް ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.