އިރާނުގެ ރައްޔިތުން ތިބީ ކުރިއަށްވުރެ ބޮޑަށް ބަދަހިކޮށް: ޚާރިޖީ ވަޒީރު
އިރާނުގެ ރައްޔިތުން ތިބީ ކުރިއަށްވުރެ ވެސް ބޮޑަށް ބަދަހިކޮށްކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އެ ޤައުމުގެ ރައްޔިތުން މިއަދު ތިބީ ކުރިއަށްވުރެ ބޮޑަށް އެކަތިގަނޑަކަށް ވެފައި ކަމަށާއި، ހަނގުރާމައިގެ މައިދާނާއި ޑިޕްލޮމަސީ އަކީ އެއް އަމާޒަކަށް މަސައްކަތްކުރާ ދެ ފަރާތް ކަމަށެވެ.
އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ހިންގާ ޓެރަރިސްޓް ޤަތުލުއާންމުތައް ނާކާމިޔާބުވެފައިވާކަން، އިރާނުގެ ދައުލަތުގެ މުއައްސަސާތަކުން ދައްކުވައިދޭ އެކުވެރިކަމާއި، މަޤްޞަދާއި، އަދި ނިޒާމީ މަސައްކަތްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
Ads by BMLއޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ މައިދާނާއި ސިޔާސީ މައިދާނަކީ އެއް ހަނގުރާމައެއްގައި ފުރިހަމައަށް ގުޅިގެން މަސައްކަތްކުރާ ދެ ދާއިރާއެވެ.
އިރާނުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހިކަމަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރުގެ ވަރުގަދަ ގުޅުމެއް ކަމަށް އަރަގްޗީ ވިދާޅުވިއެވެ.
މީގެ އިތުރުން، އިރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ވެސް ވަނީ އިރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އާދަޔާޚިލާފު އެއްބައިވަންތަކަމުގެ ސަބަބުން ދުޝްމަނުންގެ މެދުގައި ބޮޑެތި ރޫޅުންތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަތަންޔާހޫ އާއި އިސްރާއީލުގެ ވެރިންނާއި އަދި އެމެރިކާގެ ވެރިން ކުރާ މަސައްކަތްތަކުން އިރާނުގެ ރައްޔިތުންގެ ސަފުތައް ގުޑުވާނުލެވޭނެ ކަމަށް އެ ޤައުމުގެ މަސްއޫލުވެރިން ދަނީ ވިދާޅުވަމުންނެވެ.
Ads by MACL
