ޓްރަމްޕްގެ ހަފްލާގެ ކުރިން "ބަޑީގެ ހަމަލާތަކެއް އަންނާނެ" ކަމަށް ބުނެ ލީވިޓް ދެއްކި ވާހަކަ ވައިރަލްވެއްޖެ
ބަޑީގެ ހަމަލާތަކެއް އަންނާނެ ކަމަށް ބުނެ ޓްރަމްޕްގެ ހަފްލާގެ ކުރިން ލީވިޓް ދެއްކި ވާހަކަ ވައިރަލްވެއްޖެއެވެ.
"މިރޭ ބަޑީގެ ހަމަލާތަކެއް ފެންނާނެ" ކަމަށް ބުނެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް، ދެއްކި ވާހަކައަކީ މަޖާޒީ ގޮތުން ދެއްކި ވާހަކައެއް ނަމަވެސް، އެ ހަފްލާގައި ހިނގި ބަޑީގެ ހަމަލާއާ ގުޅިގެން އެ ވާހަކަ މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
ލީވިޓް މިހެން ބުނީ ފޮކްސް ނިއުސްގެ ނޫސްވެރިއަކާ ވާހަކަދައްކަމުން، ވައިޓް ހައުސްގެ ނޫސްވެރިންގެ ފަރިއްކޮޅު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ލީވިޓް ބުނި ގޮތުގައި ޑޮނަލްޑް ޓްރަމްޕް ހުރީ ތައްޔާރަށެވެ. އަދި އެރޭގެ ތަގުރީރަކީ ޓްރަމްޕްގެ އާންމު ސްޓައިލްގެ، މަޖާ އަދި މުނިފޫހިފިލުވައިދޭނެ ތަގުރީރަކަށް ވާނެ ކަމަށާއި، އެ ތަގުރީރުގައި "ބަޑީގެ ހަމަލާތަކެއް" (ބަހުގެ ހަމަލާތަކެއް) ހުންނާނެ ކަމަށް އޭނާ ބުންޏެވެ. މި ތަގުރީރަކީ ޓްރަމްޕް އަމިއްލައަށް ލިޔުނު އެއްޗެއް ކަމަށްވެސް ލީވިޓް ފާހަގަކުރިއެވެ.
ނަމަވެސް، ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ރޭގަނޑުގެ ފަރިއްކޮޅު ކުރިއަށް ދަނިކޮށް، ބާރުގަދަ އަޑުފަށަކާއެކު ހަމަލާއެއް ދިނުމުން ހުރިހާ ކަމެއް ބަދަލުވިއެވެ. ސްޓޭޖްމަތީގައި ޓްރަމްޕް އިންނަވަނިކޮށް އިވުނު މި އަޑުތަކާއެކު، ސީކްރެޓް ސާވިސްގެ އެޖެންޓުން ވަގުތުން އޭނާ ވަށާލައި، ރައްކާތެރިކަމާއެކު ސްޓޭޖުން ބޭލިއެވެ.
https://twitter.com/MAGAVoice/status/2048180791356821988?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2048180791356821988%7Ctwgr%5E8f2d9b2da99199a67db529480678cccc66b7e331%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMAGAVoice%2Fstatus%2F2048180791356821988މި ހަމަލާ ދިން މީހާ އަކީ "ލޯން ވުލްފް" އެއް ނަމަވެސް، ސީކްރެޓް ސާވިސްގެ ސަބަބުން އޭނާ ހުއްޓުވުނު ކަމަށް ޓްރަމްޕް ފަހުން ބުންޏެވެ. މި ހަމަލާގައި ސަލާމަތީ އެއް އޮފިސަރެއްގެ ގަޔަށް ވަޒަން އެރި ނަމަވެސް، ބުލެޓްޕްރޫފް ޖެކެޓްގެ ސަބަބުން އޭނާ ވަނީ ސަލާމަތްވެފައެވެ.
ޓްރަމްޕް ބުނި ގޮތުގައި، ބަޑީގެ އަޑު އިވުނު ވަގުތު އޭނާ ފުރަތަމަ ހީކުރީ އެއީ ތަބަކެއް ވެއްޓުނު އަޑު ކަމަށެވެ. ނަމަވެސް އޭނާގެ އަނބިމީހާ މެލޭނިއާއަށް އެއީ ނުރައްކާތެރި އަޑެއްކަން ވަގުތުން އެނގުނު ކަމަށް ޓްރަމްޕް ކިޔައިދިނެވެ.
މި ހާދިސާ ހިނގި އިމާރާތަކީ އެހާ ރައްކާތެރި ތަނެއް ނޫން ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ.
Ads by MACL
