ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޭސީ މިލާން-ޔުވެންޓަސް މެޗުގައި އީރާންގެ ދިދަ އުފުލައިފި

އޭސީ މިލާން-ޔުވެންޓަސް މެޗުގައި އެކްޓިވިސްޓަކު އީރާންގެ ދިދަ އުފުލާލަނީ ---
އޭސީ މިލާން-ޔުވެންޓަސް މެޗުގައި އެކްޓިވިސްޓަކު އީރާންގެ ދިދަ އުފުލާލަނީ ---

އިޓަލީގެ މަޝްހޫރު ދެ ކްލަބު ކަމަށްވާ އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރެއިން، ޔޫރަޕްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓަކު އީރާންގެ ދިދަ އުފުލާލައިފިއެވެ.

މިލާންގެ ސަން ސީރޯ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އީރާންގެ ދިދަ އުފުލީ އަޔަލޭންޑަށް ނިސްބަތްވާ އެކްޓިވިސްޓެކެވެ. އޭނާ މިކަން ކުރީ އެމެރިކާއާއި އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އީރާނަށް ތާއީދުކުރާކަން ހާމަކުރުމަށެވެ.

މި އެކްޓިވިސްޓް އޭނާގެ އެކްސް އެކައުންޓުގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް ގަދަރުކުރާ ކޮންމެ މީހަކުވެސް ހުންނާނީ އީރާނާއެކު ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ބުނީ، އީރާނާ ދެކޮޅަށް އޮތް އަނެއް ގޮތަކީ އެމެރިކާއާއި އިސްރާއީލުން ހިންގާ ގާނޫނާ ޚިލާފު ޓެރަރިޒަމް ކަމަށެވެ. އެމެރިކާއާއި އިސްރާއީލަށް ތާއީދުކުރާ އެންމެންނަކީ ލަދުވެތިވާންޖެހޭނެ ބައެއް ކަމަށް ބުނެ އޭނާ ވަނީ "ލޯންގް ލިވް އީރާން" (އީރާން ދެމިއޮންނަހުށި) އޭ ބުނެފައެވެ.

އެމެރިކާއާއި އިސްރާއީލުގެ ވެރިން ކަމަށްވާ ޓްރަމްޕާއި ނަތަންޔާހޫ އިސްވެ ތިބެ، ފަލަސްތީނުގެ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ރެޑް ކްރެސެންޓް ސެންޓަރުތަކަށް އަމާޒުކޮށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ގައުމުތަކާ ދެކޮޅަށް ދަނީ ކެމްޕޭންތައް ހިންގަމުންނެވެ.

އިޓަލީގައި ދިރިއުޅޭ މި އަޔަލޭންޑްގެ އެކްޓިވިސްޓް މީގެ ކުރިން ޓޮރިނޯގެ މެޗެއްގައާއި، އިންޓަ މިލާނާއި ރޯމާ ބައްދަލުކުރި ބޮޑު މެޗުގައިވެސް ވަނީ އީރާންގެ ދިދަ އުފުލާލާފައެވެ.