ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޯރްމުޒަށް އެހެން ނަމަކުން ކިޔުމަކީ ބޮޑު ގޯހެއް: އަރާގްޗީ

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ---
އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ---

ހޯރްމުޒްގެ ނަން ނޫން އެހެން ނަމެއް އެ ސަރަހައްދަށް ބޭނުންކުރުމަކީ ކަނޑައެޅިގެން ބޮޑު ގޯހެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އަރާގްޗީ މިހެން ވިދާޅުވީ އީރާނުގެ ގައުމީ "ޕާޝިއަން ގަލްފް" ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

މީގެ 400 އަހަރު ކުރިން އީރާނުގެ ކާބަފައިން، ޕޯޗުގީޒުން ހޯރްމުޒް ކަނޑުއޮޅިން ބޭރުކޮށްލި ހަނދާންތައް އައުކުރައްވަމުން އޭނާ ވިދާޅުވީ، މިއީ އީރާނުގެ ތާރީޚާ ގުޅިފައިވާ މުހިންމު ސަރަހައްދެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް "ޕާޝިއަން ގަލްފް" މި ރަނގަޅު ނަން ބޭނުންކުރި ނަމަވެސް، ޕެންޓަގަނުން ބޭނުންކުރަނީ އޮޅުވާލާފައިވާ ނަމެއްކަން އަރާގްޗީ ފާހަގަކުރިއެވެ. އަދި ހޯރްމުޒްގެ ނަން ނޫން އެހެން ނަމަކުން އެތަނަށް މުޚާތަބު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ސަރަހައްދީ ހަމަޖެހުމާއި ތާރީޚީ ހަގީގަތްތަކަށް ބޯލެނބުމުގެ މުހިންމުކަން ފާހަގަކުރައްވައި، އީރާނުގެ ސަރަހައްދީ ރަށްވެހިކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ އިޝާރާތެއް އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.