ދުނިޔޭގެ ތެލުގެ ރިޒާވް 45 ދުވަހުގެ ތެރޭގައި ހުސްވާނެ ކަމުގެ އިންޒާރު
ދުނިޔޭގެ ބާޒާރުގައި ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލްގެ ރިޒާވްގައި މިހާރު ހުރީ އެންމެ 45 ދުވަހަށް ބޭނުންވާނެ މިންވަރު ކަމަށް އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ގޯލްޑްމަން ސެކްސް އިން އިންޒާރު ދީފިއެވެ.
އައިއާރުއައިބީ ނިއުސް އެޖެންސީއާ ހަވާލާދީ "ޕާސް ޓުޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ތެލުގެ ރިޒާވް ވަރަށް ބާރުމިނެއްގައި ދަށަށް ދަމުންދާ ކަމަށާއި، މިހާރު މިހުރީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ރިޒާވް އެންމެ ދަށްވި މިންވަރާ ގާތްގަނޑަކަށް އެއްވަރުވެފައެވެ. މި ހަލުވި ބަދަލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ގޯލްޑްމަން ސެކްސްގެ އެނަލިސްޓުން ހާމަކުރި ގޮތުގައި، މުޅި ދުނިޔޭގައި މިހާރު ހުރި ތެލުގެ ޖުމްލަ ރިޒާވަކީ ގާތްގަނޑަކަށް 101 ދުވަހަށް ބޭނުންވާނެ މިންވަރެވެ. ނަމަވެސް މީގެ ތެރެއިން ސާފުކޮށްފައިވާ ތެޔޮ ނުވަތަ ޕެޓްރޯލާއި ޑީސަލް ފަދަ ބާވަތްތަކުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
Ads by BMLހޮރްމުޒް ކަނޑުއޮޅި ބަންދުވެ، އެ ސަރަހައްދުން ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވުމުގެ ސަބަބުން، މި ހިނގާ މޭ މަސް ނިމޭއިރު ދުނިޔޭގެ ތެލުގެ ރިޒާވް 98 ދުވަހަށް ބޭނުންވާ މިންވަރަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
އެނަލިސްޓުން ބުނާ ގޮތުގައި ކުރިއަށް އޮތް ހޫނު މޫސުމުގެ ދުވަސްވަރު ތެލުގެ ރިޒާވް އެއްކޮށް ހުސްވެ، އޮޕަރޭޝަނަލް ލެވެލްއަށް ވުރެ ދަށަށް ދިއުމަކީ ނާދިރު ކަމެއް ނަމަވެސް، ތެޔޮ ހުސްވަމުންދާ ބާރުމިނާއި ބައެއް ސަރަހައްދުތަކަށް ތެޔޮ ލިބުން ދަތިވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި ނާޒުކު ދަނޑިވަޅަކީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު ބޮޑެތި އަސަރުތަކެއް ކުރަމުންދާ ވަގުތެކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސާދީ ދަތިކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
Ads by MACL
