ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި ޓޭންކަރެއް އީރާނުގެ އަސްކަރިއްޔާއިން ހިފަހައްޓައިފި

އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި "އޯޝަން ކޯއީ" ޓޭންކަރު ، މިއީ ކޮންގައުމަކަށް ނިސްބަތްވާ އުޅަނދެއްކަމެއް ސާފެއް ނުވޭ ---
އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި "އޯޝަން ކޯއީ" ޓޭންކަރު ، މިއީ ކޮންގައުމަކަށް ނިސްބަތްވާ އުޅަނދެއްކަމެއް ސާފެއް ނުވޭ ---

އީރާނުގެ ތެލުގެ އެކްސްޕޯޓަށް ހުރަސްއަޅައި އެ ގައުމުގެ މަސްލަހަތުތަކަށް ގެއްލުން ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، "އޯޝަން ކޯއީ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ކަނޑުގެ ސިފައިން ހާއްސަ އޮޕަރޭޝަނެއްގައި ހިފަހައްޓައިފިއެވެ.

ޕާސް ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީމާން ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނަކީ އީރާނަށް ނިސްބަތްވާ ތެޔޮ ޝިޕްމަންޓެއް އުފުލަމުންދިޔަ މި އުޅަނދުން ސަރަހައްދީ މަސްލަހަތު ނަގާލައި، އީރާނުގެ އިގްތިސާދަށް ގެއްލުން ދޭން އުޅުމުން ހިންގި އޮޕަރޭޝަނެކެވެ.

އީރާނުގެ އަސްކަރީ ކޮމާންޑޯ އިންނާއި މެރިން ސިފައިން ގުޅިގެން ހިންގި މި ހަރަކާތުގައި، އެ ޓޭންކަރު ވަނީ އީރާނުގެ ދެކުނުައްސޭރީގެ ބަނދަރަކަށް ގެންގޮސް، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެ ގައުމުގެ ޝަރުއީ އިދާރާތަކާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ކަނޑުގެ ސިފައިން ބުނެފައިވަނީ، އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ހުރި ގައުމީ މަސްލަހަތުތަކާއި މުދާ ހިމާޔަތް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށާއި، ގައުމަށް ގެއްލުން ދޭން މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

މި ހާދިސާއަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމަކަށްވާއިރު، އީރާނުން ދަނީ އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުތަކާ ދެކޮޅަށް ކަނޑުގެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

މިއީ ކޮން ގައުމަކަށް ނިސްބަތްވާ އުަޅަނދެއްކަމެއް އަދި އެއްވެސް ރަސްމީ ފަރާތަކުން ނުބެނެއެވެ.