ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުން ހަނގުރާމަ ކާމިޔާބުކޮށްފި ކަމަށާއި މެދުއިރުމަތީގެ އާ ބާރަކީ އެއީ ކަމަށް ދިފާއީ މާހިރަކު ބުނެފި

އިންޑިއާ ސިފައިންގެ އާރމީގައި ކުރިން މަސައްކަތް ކުރައްވާފައިވާ، އަސްކަރީ އަދި ދިފާއީ ކަންކަމާ ގުޅޭ ދިރާސާތައް ކުރައްވާ މަޝްހޫރު އެނަލިސްޓް ޕްރަވީން ސައުނީ --
އިންޑިއާ ސިފައިންގެ އާރމީގައި ކުރިން މަސައްކަތް ކުރައްވާފައިވާ، އަސްކަރީ އަދި ދިފާއީ ކަންކަމާ ގުޅޭ ދިރާސާތައް ކުރައްވާ މަޝްހޫރު އެނަލިސްޓް ޕްރަވީން ސައުނީ --

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އީރާނުން ކާމިޔާބުކޮށްފި ކަމަށާއި، އެ ސަރަހައްދުގެ މުސްތަގުބަލު ކަނޑައެޅުމުގައި އިސްރާއީލާއި އެމެރިކާގެ ބާރު ކެނޑިފައިވާ ކަމަށް ދިފާއީ މާހިރެއް ކަމަށްވާ ޕްރަވީން ސައުނީ ބުނެފިއެވެ.

ސައުނީ އަކީ އިންޑިއާ ސިފައިންގެ އާރމީގައި ކުރިން މަސައްކަތް ކުރައްވާފައިވާ، އަސްކަރީ އަދި ދިފާއީ ކަންކަމާ ގުޅޭ ދިރާސާތައް ކުރައްވާ މަޝްހޫރު އެނަލިސްޓެކެވެ. އޭނާ ބޮޑަށް ފާހަގަކުރެވެނީ ސްޓްރެޓީޖިކް ކަންކަމާއި، ސަރަހައްދީ ޖިއޯޕޮލިޓިކްސްއާ ގުޅޭގޮތުން ލިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭނާ ހާމަކުރި ގޮތުގައި އީރާނުން މިހާރު ދަނީ ރަޝިޔާއާއި ޗައިނާއާ ގުޅިގެން މެދުއިރުމަތީގެ އާ ނިޒާމެއް އެކުލަވާލަމުންނެވެ.

މި އާ ބަދަލާއެކު، ޕާޝިއަން ގަލްފުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެ ސަރަހައްދުގެ ގައުމުތަކުން ކަމަށާއި، ހުޅަނގުގެ ބާރުތަކާއި އެމެރިކާގެ އަސްކަރިއްޔާއަށް އެ ސަރަހައްދުގައި ދެން ޖާގައެއް ނޯންނާނެ ކަމަށް އީރާނުގެ ރައީސް ވަނީ ހުށަހަޅުއްވާފައެވެ. މި މަޝްވަރާތައް އީރާނުން ކުރިއަށް ގެންގޮސްފައިވަނީ ރަޝިޔާގެ ޕޫޓިން އަދި ޗައިނާގެ ވަންގް ޔީއާ އެކުގައެވެ.

މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅީގައިވާ މުހިންމު ކޭބަލްތައް ބެލެހެއްޓުމާއި، މުދާ އުފުލާ އުޅަނދުފަހަރުން ފީ ނެގުމުގެ ބާރުވެސް އީރާނަށް ލިބިގެންދާނެއެވެ. އަދި ވިޔަފާރީގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ސަރަހައްދީ ފައިސާ ބޭނުންކުރުމަށް ބާރުއަޅައި، އިސްލާމީ އޮނިގަނޑެއްގެ ތެރެއިން ކަންކަން ނިންމުމަށް ވަނީ ރޭވިފައެވެ.

މި ބަދަލުތަކާއެކު ޑޮނަލްޑް ޓްރަމްޕް ފަދަ މީހުން ދެކެމުން އައި އެމެރިކާގެ އެކަނިވެރި ބާރުވެރިކަމުގެ ހުވަފެންތައް ނިމުމަކަށް އައިސްފައިވާ ކަމަށް ސައުނީ ފާހަގަކުރިއެވެ. އަދި ނަތަންޔާހޫއާއި އެމެރިކާގެ ވެރިންނަށް މިހާރު މި ސަރަހައްދުގެ ކަންކަން ބަދަލުކުރުމުގެ ބާރު ގެއްލި، ދުނިޔޭގެ ބާރުތައް ބެހިފައިވާ އާ ނިޒާމެއް ގާއިމުވެއްޖެ ކަމަށް އޭނާ ބުންޏެވެ.