ޣައްޒާގައި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލް ސިފައިން ބުނެފި
އިސްރާއީލުން ޣައްޒާގެ ދެކުނަށް ހޯމަ ދުވަހު ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ދެ ކޮމާންޑަރަކު މަރާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އިސްރާއީލް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި މަރާލި ދެ މީހުންނަކީ އިސްރާއީލްގެ ސިފައިންނަށް ހަމަލާދިނުމަށް ރާވަމުންދިޔަ ބައެއް ކަމަށެވެ.
އިސްރާއީލްގެ ބަޔާނުގައިވާ ގޮތުން މި ހަމަލާގައި މަރާލާފައިވަނީ އިސްލާމިކް ޖިހާދުގެ އެލީޓް ފޯސްގެ ކޮމާންޑަރެއް ކަމަށްވާ އިޔާދު މުހައްމަދު އަބްދުލްއަޒީޒް ނާފިލް އާއި، އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމުގައި އިސްކޮށް އުޅުނު ސެލްއެއްގެ ވެރިޔާ އަހުމަދު މައުރޫފް އެވެ.
ނަތަންޔާހޫ އިސްވެ ހުރެ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުވަމުންނެވެ.
މި ހަމަލާތަކަށް އެމެރިކާގެ ވެރިންނާއި ޓްރަމްޕް ފަދަ ސިޔާސީ ބޭފުޅުން ވާގިވެރިވަމުންދާއިރު، ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ މި އުދުވާންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
Ads by MACL
