ހައިދަރުއާބާދުގެ މަގަކަށް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަން ދިނުމުން ޓްރަމްޕް އިންޑިއާއަށް ޝުކުރުދަންނަވައިފި
އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހައިދަރުއާބާދުގައި ހުންނަ އެމެރިކާ ކޮންސިއުލޭޓާ އިންވެގެން އޮންނަ މަގަކަށް "ޑޮނަލްޑް ޓްރަމްޕް އެވެނިއު" ގެ ނަމުން ނަން ދިނުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ޝުކުރު އަދާކޮށްފިއެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ މިފަދަ ޝަރަފެއް އެރުވުނު އެމެރިކާގެ ފުރަތަމަ ރައީސް ކަމަށެވެ.
މި މަގު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓެލަންގާނާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މައްލު ބަޓްޓި ވިކްރަމާރްކާ އާއި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯރް ބައިވެރިވެވަޑައިގެން ހަނދާނީ ފިލާ ދައްކާލާ ފޮޓޯއެއްވެސް ޓްރަމްޕް ވަނީ ހިއްސާކޮށްފައެވެ. މި މަގު ހެދިފައިވަނީ މައިކްރޯސޮފްޓް، ގޫގުލް އަދި އެމެޒޯން ފަދަ އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތައް ހުންނަ ސަރަހައްދާ ދާދި ކައިރީގައެވެ.
Ads by BMLޓެލަންގާނާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މަގަށް މި ނަން ދިނުމަކީ އެމެރިކާއަށް ކުރާ އިހުތިރާމެއްގެ ގޮތުންނާއި، އެމެރިކާ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމުގައި ހައިދަރުއާބާދުގެ ދައުރު ފާހަގަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
Ads by MACL
