ޕްރޮޑިއުސަރެއްގެ ގޮތުގައި އައްޒަގެ ފުރަތަމަ ފިލްމު "ދެވި" - މިއީ މިހާތަނަށް ރާއްޖޭގައި އުފައްދާ އެންމެ ވަރުގަދަ ފިލްމު!
މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް މިއަހަރު އެޅުވުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމުގެ ޓައިޓްލް އާއްމުކޮށްފިއެވެ.
މަރްޔަމް އައްޒައަކީ ދިވެހި ފިލްމީ ދާއިރާގައި ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ކާމިޔާބު، އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. ރީތިކަމާއި ފުރިހަމަ އެކްޓިންގެ ސަބަބުން ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ އައްޒަ ވަނީ ފާއިތުވި އަހަރުތަކުގައި ތަފާތު ގިނަ ރޯލުތަކެއް ކުޅެ، ބެލުންތެރިން ރޮއްވާލާ، އަދި ހެއްވާލާފައެވެ. ދާއިރާގެ އެންމެ ކުރީ ސަފުގައި ގުނާލެވފަންނާނެކެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި އައްޒަ ނުކުންނަ ފުރަތަމަ ފިލްމު "ދެވި" ގެ ނަން އިއްޔެ ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ފިލްމުގެ ލީޑް ރޯލުންވެސް ފެނިގެންދާނީ ހަމަ އޭނާއެވެ. ފިލްމުގެ ނަން އިއްޔެ ސޯޝަލް މީޑިއާގައި އިއުލާނުކުރުމާއެކު، އާންމުންނާއި ފިލްމީ ދާއިރާގެ އެކުވެރިންގެ ފަރާތުން އައްޒައަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ބެލުންތެރިންގެ ފަރާތުން ފިލްމަށް އޮތް ތަރުހީބާއި ސަޕޯޓް އިންތިހާއަށް ބޮޑުކަން އިނގިގެންދިޔައީ، ފިލްމްގެ ޓައިޓްލް ވީޑިއޯ މީސްމީޑިއާއަށް ދޫކޮށްލުމާއެކު 12 ގަޑިއިރުތެރޭ ބައިމިލިޔަނަށްވުރެގިން ވިއުސް އެވީޑިއޯއަށް ލިބިފައިވުމެވެ. މިއީ މިއަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާނެ އެއް ފިލްމުކަން ޤަބޫލުކުރެވެއެވެ.
Ads by BMLސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ދެވި" އަކީ ބެލުންތެރިންނަށް ތަފާތު އަދި ވަރުގަދަ ތަޖުރިބާއެއް ގެނެސްދޭނެ ފިލްމެއް ކަމަށް ބެލެވެއެވެ. އައްޒަގެ މޮޅު އެކްޓިންއާއެކު އޭނާގެ އަމިއްލަ އުފެއްދުމެއް ބޮޑު ސްކްރީނަށް އައުމަކީ ދިވެހި ސިނަމާއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޓެކްނިކަލީ އެންމެ ވަރުގަދަ، އަދި އެންމެ ބުރަ މަސައްކަތް!
މި ފިލްމަކީ އާދައިގެ ފިލްމެއްނޫން ކަމުގެ ޔަގީންކަން ފިލްމުގެ ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޔާރާ ޕްރޮޑަކްޝަންއިން ވަނީދީފައެވެ. ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، "ދެވި" ވެގެންދާނީ ރާއްޖޭގައި ޓެކްނިކަލީ ގޮތުން ކުރެވުނު އެންމެ ބޮޑު، އަދި އެންމެ ބުރަ އަދި އެންމެފުރިހަމަ އެއް މަސައްކަތަށެވެ. މިއީ ދިވެހި ސިނަމާގެ ފެންވަރު މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ، ލޮލަށް ފިނިކަން ގެނެސްދޭނެ ފުރިހަމަ އުފެއްދުމަކަށް ވާނެކަމުގެ ޔަގީންކަން އެޓީމުން ދެއެވެ.
މިއުޒިކުވީޑިއޯތަކުން ޑައިރެކްޝަނަށް: ސޭންޑީގެ ބޮޑު ފަޅިސިކުންތު
"ދެވި" ގެ ޑައިރެކްޓަރަކީ ނިކަން ރީތި އަދި އެހާމެ މަޤުބޫލު ލަވަތަކެއް ޑައިރެކްޓްކުރުމަށްފަހު، ފިލްމު ޑައިރެކްޓް ކުރުމާ ދިމާއަށް މިސްރާބުޖެހި ހުސެން ހާޒިމް (ސޭންޑީ) އެވެ. މިއީ ޑައިރެކްޓަރެއްގެ ގޮތުގައި ސޭންޑީ ނުކުމެ އާންމުންނާ ހަމައަށް ގެނެސްދޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޕްރޮޖެކްޓެވމި ފިލްމަކީ ސޭންޑީގެ އަމިއްލަ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ ފިލްމެކެވެ.
ނުރައްކާތެރި މަންޒަރުތަކަށް އެމް.އެން.ޑީ.އެފް އެސް.އޯ.ޖީ ގެ އެހީތެރިކަން
ފިލްމުގެ ޝޫޓިންގއާ ގުޅޭގޮތުން ލިބިފައިވާ އެންމެ ޚާއްސަ އެއް މައުލޫމާތަކީ، ފިލްމުގައި ހިމެނޭ ވަރަށް ބޮޑެތި އަދި އެހާމެ ނުރައްކާތެރި މަންޒަރުތައް ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސް.އޯ.ޖީ) ގެ ޚާއްސަ ޓީމަކުން ފިލްމުގެ ކުރޫއާއެކު ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ކަމެވެ. މިއިންވެސް މި ފިލްމުގެ ސްކޭލް އާއި އެކްޝަން މަންޒަރުތަކުގެ ވަރުގަދަކަން ހާމަވެގެންދެއެވެ.
Ads by MACL
