ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

"ކީއްވެ؟" ފިލްމަކީ ދިވެހި ފިލްމީ ސިނަމާގެ ޗާލާކީ ޒަމާން އަލުން އިޙްސާސްކޮށްލެވޭނެ ފިލްމެއް!

25 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ އެކްޓަރު ރީކޯ މޫސާ މަނިކު އަދި 20 އަހަރަށްފަހު ޑައިރެކްޓަރު އީސާ ޝަރީފް އެނބުރި އަންނަ ފިލްމު "ކީއްވެ؟" ގެ މަންޒަރެއް. މި ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުންނާއި އޮންލައިންކޮށް މިހާރު ލިބެން ހުންނާނެ....
25 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ އެކްޓަރު ރީކޯ މޫސާ މަނިކު އަދި 20 އަހަރަށްފަހު ޑައިރެކްޓަރު އީސާ ޝަރީފް އެނބުރި އަންނަ ފިލްމު "ކީއްވެ؟" ގެ މަންޒަރެއް. މި ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުންނާއި އޮންލައިންކޮށް މިހާރު ލިބެން ހުންނާނެ....

ދިވެހި ސިނަމާތަކަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ އައު ފިލްމު "ކީއްވެ؟" އަކީ ދިވެހި ސިނަމާގެ ރަންޒަމާނުގެ ހަނދާންތަކާއި، އެ ޒަމާނުގެ ޗާލާކީކަމާއި އަސަރުގަދަ މަންޒަރުތައް ބެލުންތެރިންނަށް އަލުން އިޙްސާސްކޮށްލެވޭނެ ފިލްމެއް ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ހާމަކޮށްފިއެވެ.

އެ ޕްރޮޑަކްޝަން ހައުސްއިން ބުނި ގޮތުގައި، ފަންނީގޮތުން ޒަމާނީ މަސައްކަތްތަކެއް މި ފިލްމުން ފެނިގެންދިޔަ ނަމަވެސް، ފިލްމުގެ ތަރިންނާއި، ވާހަކަ އަދި ލަވަތަކަކީ ދިވެހި ސިނަމާގެ އެވޭލާ ރަންޒަމާން ބެލުންތެރިންނަށް އިޙްސާސްކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނެ ކަންކަމެވެ.

މި ފިލްމުގެ ޓްރެއިލަރ މިހާރު އާންމުކޮށްފައިވާއިރު، ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. އެގޮތުން، 25 އަހަރަށްފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރީކޯ މޫސާ މަނިކު މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. ޓްރެއިލަރގައި މޫސަގެ އަޑުން އިވޭ "އަދި އެއްފުރުޞަތު ދީ.." އަދި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ..؟" ފަދަ އަސަރުގަދަ ޑައިލޮގުތަކުން އެކަނިވެސް ފިލްމާ މެދު ބެލުންތެރިންގެ މެދުގައި އޮތް ޝައުޤުވެރިކަން ވަނީ އިތުރުވެފައެވެ.

ޢާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިޙްސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ ޓްރެއިލަރގެ ޒަރީޢާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ. ކުޅަދާނަ އެކްޓަރު ދަރާ ރަޝީދުވެސް ފެނިގެންދާ މި ފިލްމަކީ، އެހެން ދިވެހި ފިލްމުތަކާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ އެކި މައްސަލަތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ތަފާތު ފިލްމެކެވެ.

މި ފިލްމު ޚާއްޞަވާ އަނެއް މުހިންމު ސަބަބަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ފިލްމީ ދާއިރާއަށް އެނބުރި އައުމެވެ. އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ފިލްމުގެ ޓްރެއިލަރއިން ހާމަވެއެވެ.

މާލޭގައި އަޅުވާ ޝޯތަކުގެ ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރުގެ އިތުރުން، ސެޓާން ސްޓޫޑިއޯގެ ބުކިންގ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ބައްލަވައިގަނެވޭނެއެވެ. މީގެ އިތުރުން، އައިލެންޑް ސިނަމާއިން ވަނީ މި ފިލްމު އަތޮޅުތެރޭގެ ރަށްރަށުގައި އެޅުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ބަންދުގައި އެކަނިވެސް އަތޮޅުތެރޭގައި 57 ޝޯ އެޅުވުމަށް ތާރީޚު ފައިނަލްކޮށް، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ.

މުނިފޫހިފިލުވުން

އިތުރަށް ←