ކުލަގަދަ ރަސްމިއްޔާތަކާއެކު ދިވެހި ފިލްމު "މަޖުނޫނު" ޕްރިމިއަރ ކޮށްފި
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފެއްދި އަސަރުގަދަ ލޯބީގެ ފިލްމު "މަޖުނޫނު" ރަސްމީކޮށް ޕްރިމިއަރ ކޮށްފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި ފިލްމު ޕްރިމިއަރ މިރޭ އޮލިމްޕްހުގައި ރަސްމީކޮށް ޕްރިމިއަރ ކޮށްފައިވާއިރު، މިއީ ސިނަމާތަކަށް އައުމުގެ ކުރިންވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު އުފެއްދުމެކެވެ.
މި ފިލްމުގެ މައިގަނޑު މަންޒަރުތަކާއި ލަވަތައް ނަގާފައިވަނީ ގުދުރަތީ ރީތިކަން ލިބިފައިވާ ރ. ފައިނުގައެވެ. ފިލްމުގެ މަންޒަރުތައް ފުރިހަމަކުރުމަށްޓަކައި ބޮޑު ކާސްޓަކާއި ކްރޫއަކުން ފައިނުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، ފިލްމުގެ މަންޒަރުތަކުން ރާއްޖޭގެ ރަށްފުށުގެ ރީތި މާހައުލާއި އަސަރުގަދަ އިޙްސާސްތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
Ads by BML"މަޖުނޫން" ގެ ޚާއްޞަ ކަންކަމުގެ ތެރޭގައި، ނަހުލާގެ ކުރީގެ މަޝްހޫރު ކާމިޔާބު ފިލްމު "ކަލާޔާނުލާ" ގެ މަޤްބޫލު "ނުދާނޭ މިރޭ" ލަވައިގެ އައު ރީ-މޭކެއް ހިމެނުން ހިމެނެއެވެ.
މީގެއިތުރުން، ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ފިލްމުގެ ބިހައިންޑް ދަ ސީންސް (މޭކިންގ ވީޑިއޯ) ގެ އެޕިސޯޑުތައް ވަނީ ރާއްޖެ ޓީވީތައް މެދުވެރިކޮށް ދައްކައި، ސޯޝަލް މީޑިއާ އާއި ޔޫޓިއުބް މެދުވެރިކޮށް ވެސް އާންމުންނަށް ގެނެސްދީފައެވެ.
މި ފިލްމަކީ ނަހުލާގެ އެހެން ފިލްމުތަކެކޭ އެއްފަދައިން ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ސިނަމާއަށް ފިލްމު އައުމާއެކު، މިއީ ދިވެހި ފިލްމީ އިންޑަސްޓްރީގައި ބޮޑު ތަރުހީބެއް ހޯދައި، ބެލުންތެރިންގެ މަޤްބޫލުކަން ހޯދާނެ ފިލްމަކަށް ވެގެންދާނެއެވެ.
Ads by MACL
