އީރާނުން ދިން ހަމަލާތަކެއްގައި ކުވޭތުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ
ސެންޓިނެލް-2 ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވާ ގޮތުގައި ކުވޭތުގައި ހުންނަ އަލީ އަލް ސާލިމް އެއާ ބޭސް އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެމެރިކާގެ ސިފައިން ބޭނުންކުރާ ގުދަން ސަރަހައްދެއްގައި ބޮޑު އަލިފާނުގެ ނިޝާނެއް އަދި އަންދައިގެން ގޮސްފައިވާ ސަރަހައްދެއް ވަނީ ފާހަގަކުރެވިފައެވެ. މިއީ އެ ސަރަހައްދަށް ސީދާ މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އަމާޒުވެފައިވާކަން އަންގައިދޭ އަލާމާތެކެވެ.
މި ހަމަލާއަކީ އީރާނުން ބަދަލުހިފުމުގެ ގޮތުން ހިންގާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ދީފައިވާ ހަމަލާއެކެވެ. އެމެރިކާއިން އީރާނުގެ ހަމަލާތައް ދިފާއުކޮށް ހުއްޓުވަމުންދާ ކަމަށް ބުނަމުންދިޔަ ނަމަވެސް، މި ސެޓެލައިޓް ފޮޓޯތަކުން އެނގެނީ އީރާނުގެ މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމުތައް ފުރާނާލުމަށްފަހު އަމާޒަށް ވާސިލްވަމުންދާ ކަމެވެ.
އަލީ އަލް ސާލިމް އެއާ ބޭސް އަކީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ، އަދި ގިނަ އަދަދެއްގެ އެމެރިކާ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ ތަނެކެވެ. ސެޓެލައިޓް މައުލޫމާތު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގެއްލުން ލިބިފައިވާ ސަރަހައްދަކީ އެމެރިކާގެ އަސްކަރީ ކަންކަމަށް ޚާއްސަކޮށްގެން ބޭނުންކުރާ ސާމާނާއި ވަސީލަތްތައް ބަހައްޓާފައިވާ ގުދަންތަކެކެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގައި އޮތް ނުވަތަނަވަސްކަން އިތުރަށް ގޯސްވެފައިވާއިރު، އެމެރިކާގެ ދިފާއީ ނިޒާމުތަކުގެ ކުޅަދާނަކަމާމެދު ވަނީ ސުވާލު އުފެދެން ފަށާފައެވެ.
އީރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ގޮންޖަހައި، އިރާނުގެ މިސައިލްތައް އަމާޒަށް ވާސިލްވަމުންދާކަން ސެޓެލައިޓް މައުލޫމާތުތަކުން ކަށަވަރުވުމަކީ އެމެރިކާއަށް ލިބުނު ބޮޑު ނުވަތަނަވަސްކަމެކެވެ.
Ads by MACL
