އެތައް މުސްލިމުންނެއް މަރަން އަމުރުކުރި ބައިޑެން ކެންސަރު ބަލީގައި ގޮތް ހުސްވެފައި!
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ކެންސަރު ބަލީގެ ހާލަތު އިތުރަށް ގޯސްވެ، ކަށިތަކަށް ބަލި ފެތުރިފައިވާ ކަމަށް އޭނާގެ ދަރިފުޅު ހަންޓަރ ބައިޑަން ހާމަކޮށްފިއެވެ.
މިއީ 2025 ވަނަ އަހަރުގެ މޭ މަހު ޖޯ ބައިޑަންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އިއުލާނުކުރެއްވި ފަހުން، އޭނާގެ އާއިލާގެ މެންބަރަކު ބަލީގެ ފަހުގެ ހާލަތާ ބެހޭގޮތުން މީޑިއާގައި ތަފްސީލީ ގޮތެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ހަންޓަރ ބައިޑަން ބުނިގޮތުގައި ބައްޕަގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، އިންތިހާއަށް ތަދުތައް ތަހައްމަލު ކުރައްވަމުން ގެންދެއެވެ.
ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމްގެ ހޯސްޓް ޕެޑީ އޯކޯނެލްއަށް ދިން މި އިންޓަވިއުގައި ހަންޓަރ ބައިޑަން ބުނީ، ބައްޕަގެ ސިއްހީ ހާލަތު ގޯސްވަމުންދާތަން ބެލުމަކީ އާއިލާއަށް ވަރަށް އަސަރުކުރާ އަދި ދަތި ކަމެއް ކަމަށެވެ. އަދި ބައްޕަ އަމިއްލައަށް ޝަކުވާ ކުރެއްވުން އިތުރުކުރެއްވުމަށް އެދޭ ކަމަށާއި، ސަބަބަކީ ބަލީގެ ނުރައްކާ މިހާރު ވަރަށް ބޮޑަށް ބޮޑުވެފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BML2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ބަހުސްގައި ޖޯ ބައިޑަންގެ ފަރާތުން ފެނުނު ދޯދިޔާ ކަންކަމަށް އަލިއަޅުވާލައްވަމުން ހަންޓަރ ވިދާޅުވީ، އެ މަންޒަރު ބައްލަވައި އޭނާއަށްވެސް ބޮޑު ސިއްސައިގެން ދިޔުމެއް ލިބުނު ކަމަށެވެ. އެ ދުވަސްވަރު ބައިޑަންގެ ސިއްހީ ހާލަތާ މެދު ސުވާލު އުފެދުނު ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ އޭރުވެސް ހަށިގަނޑުގައި ކެންސަރު ބަލި އަށަގަންނަމުންދިޔުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް ހަންޓަރ ބުންޏެވެ.
މި އިންޓަވިއުގައި ހަންޓަރ ބައިޑަން ވަނީ ބައިޑެންގެ ރިއާސަތުގެ ފަހު ދުވަސްކޮޅު، ހަންޓަރއަށް ދިން ރިޔާސީ މާފާ ބެހޭގޮތުންވެސް ވާހަކަދައްކާފައެވެ. އެ މާފަކީ ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ފާޑުކިޔުން އަމާޒުވި ކަމެއްކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
ހަންޓަރ ބުނީ އެއީ ގާނޫނީ އަސާސަށާއި ބައްޕަގެ ސިޔާސީ ހަޔާތަށް އެންމެ ރަނގަޅު ނިންމުން ނޫން ކަމުގައި ވީނަމަވެސް، ސިޔާސީ ބަދަލުހިފުމުގެ ތެރެއިން އޭނާ ހިމާޔަތްކުރުމަށް ބައްޕައެއްގެ ހައިސިއްޔަތުން ނިންމި ނިންމުމެއް ކަމަށެވެ.
Ads by MACL
