ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ތެޔޮ އުޅަނދަކަށް ހަމަލާދީ ރޯކޮށްލައިފި

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ތެޔޮ އުޅަނދަކަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ ހުއްދައެއް ނެތި ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ތެޔޮ އުޅަނދަކަށް ހަމަލާދިނުމުގެ ސަބަބުން އެ އުޅަނދުގައި ރޯވެ، އޯމާންގެ އައްސޭރިފަށާ ދިމާއަށް މިސްރާބުޖަހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޯމާން ކަނޑުގެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އަނދަމުންދާ މި ތެޔޮ އުޅަނދަށް ހަމަލާދީފައިވަނީ ސީދާ ކޮން ބައެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ނުވަތަނަވަސްކަމުގެ ތެރޭގައި، ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ދަނީ އެ ގައުމުގެ ހުއްދައާ ނުލައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއަޅައި ފިޔަވަޅު އަޅަމުންނެވެ.

https://twitter.com/HormuzLetter/status/2086564005749920019

މި ހަމަލާއާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ތެޔޮ އުފުލާ މުހިންމު ކަނޑުގެ މަގުތަކުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ސަރަހައްދީ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ މި ހާދިސާގެ އިތުރު ތަފްސީލު ހޯދުމަށާއި، ކަނޑުގެ ދަތުރުފަތުރަށް ކުރާނެ އަސަރުތައް ވަޒަންކުރަމުންނެވެ.