ކައިވެނިކުރި ފަލަސްތީނުގެ ދެ މީހަކު ރަހީނުކޮށް، ކައިވެނީގެ ޕާޓީއަކަށް ޔަހޫދީ ސިފައިން ހަމަލާދީފި
އިސްރާއީލުގެ ފުލުހުން ފަލަސްތީނުގެ ނަގަބް ސަރަހައްދުގައި ކައިވެނީގެ އުފާފާޅުކުރުމުގެ ތެރޭގައި ޓްރެފިކަށް ހުރަސްއެޅި ކަމަށް ބުނެ ފަލަސްތީނުގެ އަލަށް ކައިވެނިކުރި ދެމަފިރިއަކު ރަހީނުކޮށްފިއެވެ.
އިސްރާއީލުގެ ގައުމީ ސުލޫކާއި ސިކިއުރިޓީއާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދެމަފިރިން ހައްޔަރުކުރީ ގަސްދުގައި މަގުތައް ބަންދުކޮށް ޓްރެފިކް ތޮއްޖެއްސުމުގެ ސަބަބުން ކަމަށެވެ. އެ ދެ މީހުން ރަހީނުކުރީ ކައިވެނީގެ ހެދުމުގައި ތިއްބައެވެ.
މީގެ އިތުރުން ހުޅަނގު ކަރައިގެ އަލް-އައިޒަރިއްޔާ އަވަށުގައި އިސްރާއީލު ސިފައިން ވަނީ ކައިވެނި ހަފްލާއެއް ބާއްވަމުންދިޔަ މާލަމަކަށް ވަދެގަނެ، އެ ތަނުގައި ތިބި ފަލަސްތީނު އާންމުންނަށް ހަމަލާދީ އަނިޔާކޮށްފައެވެ.
Ads by BMLhttps://twitter.com/IhabHassane/status/2088370617951141948
މި ހާދިސާތަކަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by MACL
