އައްޒަގެ ދެވި ޓްރެއިލާ އާންމުކޮށްފި، މޮޅު ފިލްމަކަށް ވާނެ!
މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ، ޔާރާ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު "ދެވި" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މި ޓްރެއިލާއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، މިއީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ވަރަށް މޮޅު އަދި ތަފާތު ފިލްމަކަށް ވެގެންދާނެކަމުގެ އުންމީދު ވަނީ އާވެފައެވެ.
ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ މި ޓްރެއިލާއިން ފިލްމުގެ ބިރުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. ބިރުވެރިކަމުގެ އިތުރުން ލޯބީގެ ރަހަތައްވެސް މި ފިލްމުގައި އެކުލެވިގެންވެއެވެ. ބިރުވެރި ގިނަ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ ބަތަލާ އައްޒަ، ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ބިރުވެރި ފިލްމަކުން ފެނިގެންދިއުމަކީ ގިނަ ބަޔަކަށް ލިބޭނެ އުފަލެކެވެ.
Ads by BMLއައްޒަ ޕްރޮޑިއުސްކޮށް، މަޝްހޫރު ޑައިރެކްޓަރު ހުސައިން ހާޒިމް (ސޭންޑީ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރާއްޖޭގެ ފުންނާބު އުސް ގިނަ ތަރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ހަމްދާން ސަލީމް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ނިމާލް، ރިޝްމީ ރަމީޒް، އާމިރާ، އާމިނަތު ރަޝީދާ، އަހުމަދު ރިޝްވާން، އަހުމަދު އީސަ، އައިޝަތު ރާއިޝާ އަދި މަލީހާ ވަހީދު (މަލް) ހިމެނެއެވެ.
އެ ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.
Ads by MACL
