ތުރުކީއާއި ބްރެޒިލްގެ އިޤްތިޞާދީ ގުޅުން ބަދަހިކުރަން އެރްދޮޣާންއާއި ލޫލާ މަޝްވަރާކުރައްވައިފި
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން އާއި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ފޯނުން ގުޅުއްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
ތުރުކީގެ ރިޔާސީ ކޮމިއުނިކޭޝަންސް ޑިރެކްޓަރޭޓުން ހާމަކުރި ގޮތުގައި، ދެ ލީޑަރުންގެ މި ފޯނު ކޯލުގައި ރައީސް އެރްދޮޣާން ވަނީ މީގެ 20 އަހަރު ކުރިން ވަރުގަދަ ބިންގަލެއް އެޅުނު ތުރުކީ-ބްރެޒިލްގެ ގުޅުން، މެދުކެނޑުމެއްނެތި ކުރިއަރަމުން އަންނާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
އިންވެސްޓްމަންޓާއި، ވިޔަފާރި އަދި ދިފާޢީ ޞިނާޢަތް ފަދަ ހުރިހާ ދާއިރާއަކުން ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަކީ ދެ ޤައުމަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ރައީސް އެރްދޮޣާން ފާހަގަކުރެއްވިއެވެ.
Ads by BMLދުނިޔޭގެ ބާޒާރުގައި ޙިމާޔަތްތެރިކަމުގެ ސިޔާސަތުތައް ނުވަތަ ޕްރޮޓެކްޝަނިޒަމްގެ އޮއިވަރު ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި، ތުރުކީއާއި ބްރެޒިލް ގުޅިގެން ދެ ޤައުމުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެ ފަދަ އިޤްތިޞާދީ ނަމޫނާއެއް ޤާއިމުކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރަޙައްދީ އަދި ދުނިޔޭގެ އެކި މައްސަލަތަކުގައި ތުރުކީއާއި ބްރެޒިލުން ގެންގުޅޭ ޞުލްޙައަށް އިސްކަންދޭ ސިޔާސަތުތަކަކީ މުޅި ދުނިޔޭގެ އަމަންއަމާންކަމާއި ހަމަޖެހުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށްވެސް ރައީސް އެރްދޮޣާން ވަނީ ވިދާޅުވެފައެވެ.
Ads by MACL
