އީރާނާ އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ ވާނެ ކަމެއް ނޫން: ނަތަންޔާހޫ
އީރާނާ އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ ވާނެ ކަމެއް ނޫން ކަމަށް ބުނެ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާކޮށްފިއެވެ. ޓްރަމްޕާ އެކު ދާދިފަހުން ބޭއްވި މި ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ އީރާނުގެ މައްސަލައިގައި އަމަލުކުރެވިދާނެ ތިން ގޮތެއް ހުށަހަޅައި، އެކަންކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އީރާނާއެކު "ރަނގަޅު އެއްބަސްވުމެއް" ހެދުމާ އިސްރާއީލުން ދެކޮޅު ނުހަދާނެ ކަމަށެވެ. ނަމަވެސް މިހާރު ތެހެރާންގައި އޮތް ވެރިކަމާއެކު އެފަދަ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށް ސީދާ ޓްރަމްޕަށް ވަނީ ބުނެފައެވެ.
ދެވަނަ ގޮތެއްގެ ގޮތުގައި ނަތަންޔާހޫ ފާހަގަކުރީ އީރާނަށް ސީދާ އަސްކަރީ ހަމަލާއެއް ދިނުމުގެ ގޮތެވެ. އޭނާ ވަނީ އިސްރާއީލަށް ހަމަލާއެއް ދީފިނަމަ، އީރާނަށް ކުރިއަށްވުރެ އެތައް ގުނައެއް ވަރުގަދަ އަދި ނުރައްކާތެރި ރައްދެއް ލިބޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
Ads by BMLތިންވަނަ ގޮތެއްގެ ގޮތުގައި ނަތަންޔާހޫ ހުށަހެޅީ އީރާނަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ހިސާރުކުރުން ހަރުކަށި ކުރުމަށެވެ. މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް އިޤްތިޞާދީ ފިއްތުންތައް އިތުރުކުރަން ނިންމާފައިވާ ނިންމުމާ ގުޅުވައިގެން ހުށަހެޅި ކަމެކެވެ.
އުސޫލެއްގެ ގޮތުން ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ދެކޮޅު ނުހަދާ ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް، އޭނާގެ ވާހަކަތަކުން ސާފުވަނީ އީރާނާއެކު ސުލްހަވެރި މަޝްވަރާތައް ކާމިޔާބު ނުވާނެ ކަމަށް ދެކޭ ކަމެވެ. އަދި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އިސްރާއީލުން ފުރިހަމައަށް ހުޅުވާލާފައި ބާއްވަން ބޭނުންވާކަންވެސް މި މަޝްވަރާތަކުން ވަނީ ހާމަވެފައެވެ.
Ads by MACL
