ނައިޖާގެ ވެރިރަށް ނިއާމޭގައި ވަރުގަދަ ބަޑީގެ ހަމަލާތަކަކާއި ގޮވުންތަކެއްގެ އަޑު އިވިއްޖެ
ނައިޖާގެ ވެރިރަށް ނިއާމޭގެ އެކި ސަރަޙައްދުތަކުގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މެދުކެނޑުމެއްނެތި ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމާއި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރޮއިޓާސްގެ މަންޒަރު ދުށް ފަރާތްތަކުން ބުނެފިއެވެ.
މަންޒަރު ދުށް ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ އަޑު މައިގަނޑު ގޮތެއްގައި އިވިފައިވަނީ ވެރިރަށުގައި ހުންނަ ދިއޯރީ ހަމާނީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިންނާއި އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ހިމެނޭ ސަރަޙައްދުންނެވެ.
ހާދިސާ ދުށް އިތުރު ފަރާތަކުން ބުނެފައިވަނީ، އެ ސަރަޙައްދުގައި ބަރު ހަތިޔާރުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ގޮސްފައިވާ ކަމަށާއި، ރިޔާސީ ގަނޑުވަރު ވަށައިގެން ބަޑިޖެހުމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔަ ކަމަށެވެ.
Ads by BMLމި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
