ގޫގުލް ޓްރާންސްލޭޓަށް ބެކްގްރައުންޑް ލައިވް ތަރުޖަމާގެ ޚިދުމަތް ތަޢާރަފުކޮށްފި
ގޫގުލް ޓްރާންސްލޭޓް އެޕްލިކޭޝަން ބޭނުންކުރަމުން އެހެނިހެން ކަންކަން ކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް އަމާޒުކޮށް ދެ އަޕްގްރޭޑެއް ދޫކުރަން ފަށައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި އެޕް ބެކްގްރައުންޑުގައި ހިންގާލައިގެން ވަގުތުން ތަރުޖަމާ އަޑުއެހުމާއި، ހެޑްފޯނަކާ ނުލައި ފޯނު ކަންފަތުގައި ޖަހައިގެން ތަރުޖަމާ އަޑުއެހޭ އައު އީއަރޕީސް މޯޑެއް ހިމެނެއެވެ.
އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިހާރު ލައިވް ޓްރާންސްލޭޝަން ސެޝަނެއް ފެށުމަށްފަހު، އެހެން އެޕްލިކޭޝަންތަކަށް ބަދަލުވި ނަމަވެސް ނުވަތަ ފޯނުގެ ސްކްރީން ލޮކްކޮށްލި ކަމުގައި ވިޔަސް ބެކްގްރައުންޑުގައި މެދުކެނޑުމެއްނެތި ތަރުޖަމާގެ މަސައްކަތް ކުރިއަށްދާނެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުކުރާ ވަގުތުތަކުގައާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭއިރު ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުންނަން ނުޖެހި އަޑުއަހާލެވޭނެއެވެ.
އައިފޯން ބޭނުންކުރާ ފަރާތްތަކަށް ބެކްގްރައުންޑް ލައިވް ޓްރާންސްލޭޝަންގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ގޫގުލްއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އައިއޯއެސް ޑިވައިސްތަކަށް ވެސް އީއަރޕީސް މޯޑުގެ ފީޗާ މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
Ads by BMLއީއަރޕީސް ފީޗާއަކީ ހެޑްފޯނެއް ނުވަތަ އިއަރބަޑްސް ބޭނުންނުކޮށް، އާދައިގެ ފޯނު ކޯލެއް ކުރާ އުސޫލުން ފޯނު ކަންފަތުގައި ޖައްސާލައިގެން ސީދާ ތަރުޖަމާ ސާފުކޮށް އަޑުއެހުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މިއީ މީހުން ގިނަ އަޑުގަދަ އެއާޕޯޓްތަކުގައާއި ޓުއަރތަކުގައި އުޅޭއިރު އަނެކުންނަށް އުނދަގޫނުވާނޭހެން ވާހަކަތައް އަޑުއެހުމަށް ބޮޑު ލުޔެއް ގެނެސްދޭނެ ކަމެކެވެ.
ގޫގުލްގެ ލައިވް ޓްރާންސްލޭޓް ޚިދުމަތުގައި މިހާރު ވެސް 70 އަށް ވުރެ ގިނަ ބަސް ހިމެނެއެވެ. އެހެންނަމަވެސް، މި އައު ފީޗާތަކަށް ވަކި ޚާއްސަ އަގެއް ނަގާނެކަމެއް ނުވަތަ ހުރިހާ ޔޫޒަރުންނަށް ފުރިހަމައަށް ލިބޭނެ ވަކި ތާރީޚެއް ގޫގުލްއިން އަދި ހާމައެއް ނުކުރެއެވެ. އަދި އޮފްލައިން ތަރުޖަމާއަށް ނުވަތަ އިތުރު ބަސްތަކެއް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް ކުންފުނިން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މީގެއިތުރުން ވެސް ގޫގުލްއިން ދަނީ އެ ކުންފުނީގެ އެހެން އެޕްލިކޭޝަންތަކަށް ދިމާވި މައްސަލަތައް ހައްލުކޮށް އިތުރު ފަސޭހަތައް ގެނެސްދެމުންނެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް އަދި އެންޑްރޮއިޑް އޮޓޯގައި ޖެމިނައިގެ ސަބަބުން ފޯނު ކޯލްތަކަށް އެޅުނު ހުރަސްތައް ހައްލުކުރުމާއި، އެންޑްރޮއިޑް އޮޓޯ މެދުވެރިކޮށް ގޫގުލް މީޓްގެ އޯޑިއޯ-އޮންލީ ކޯލްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
Ads by MACL
