ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

"ދެވި"ގެ ޓިކެޓަށް ބޮޑު ތަރުޙީބެއް: ސިނަމާއަށް އައުމުގެ ކުރިން ޓިކެޓްތައް ހަލުވިކަމާއެކު ވިކެނީ!

"ދެވި"ގެ ޓިކެޓަށް ބޮޑު ތަރުޙީބެއް: ސިނަމާއަށް އައުމުގެ ކުރިން ޓިކެޓްތައް ހަލުވިކަމާއެކު ވިކެނީ!

ދިވެހި ސިނަމާއަށް އާ ރޫޙެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރެވޭ ފިލްމު "ދެވި" މި ސެޕްޓެމްބަރު 26 ގައި ސިނަމާތަކުގައި އަޅުވާއިރު، ފިލްމްގެ ޓިކެޓް ހަލުވި ކަމާއި އެކު ވިކެމުންދާކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ.

މި ފިލްމްގެ ޓިކެޓް ހަލުވިކަމާއި އެކު ވިކެމުން ދާއިރު، މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ 2 ތަރިން މިވަނީ މިއަދު ބެލުންތެރިންނަށް ތަޢާރަފް ކޮށްދީފައެވެ. އެގޮތުން "ވިވާން" ގެ ރޯލުން ޝަރަފް އަބްދުﷲ ގެ އިތުރުން "ވިޔާން" ގެ ރޯލުން މުޅިން އަލަށް ތަޢާރަފްވާ ހަމްދާން ސަލީމް ވަނީ ”ދެވި“ ގެ ރަސްމީ ޕޭޖުން ތައާރަފް ކޮށްދީފައެވެ.

"ދެވި" ގެ މައިގަނޑު ތީމު އެކުލެވިގެންވަނީ މާޒީގެ ސަފުޙާތަކުން ކުރިމަތިލާންޖެހޭ ދެ ރޫޙެއްގެ
ވަރުގަދަ ގުޅުމުގެ މައްޗަށެވެ. ފިލްމުގެ ޕްރޮމޯޝަނަލް ޓެގްލައިންގައިވާ ގޮތުން، ބައެއް ރޫޙުތައް ހަށިގަނޑު ދޫކޮށް ދިޔަޔަސް، ފުރާނައާއި ފުރާނައިގެ ގުޅުން އެއްކޮށް ވަކިވެގެނެއް ނުދެއެވެ.
މި ފިލްމުގެ ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރުން މިހާރު ވަނީ ވިއްކަމުންދާއިރު. އޮންލައިން ކޮށް ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތްތަކުން 7424544 ނަންބަރަށް ގުޅައިގެން ޓިކެޓް ބައްލަވައި ގަނެވޭނެއެވެ.

މި ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ. މިއީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު މޭލުގަލަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

"ދެވި" ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް (VFX) މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވާތީ، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.

މުނިފޫހިފިލުވުން

އިތުރަށް ←