ސަލާމަތީ ސަބަބުތަކާ ހުރެ ލަންޑަނުގައި ބާއްވަން އުޅުނު ވިޖޭގެ ހަރަކާތް ކެންސަލްކޮށްފި
ސަލާމަތީ ސަބަބުތަކާ ހުރެ ލަންޑަނުގައި ބާއްވަން އުޅުނު ވިޖޭގެ ހަރަކާތް ކެންސަލްކޮށްފިއެވެ.
ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ ދެކެލުމަށް ލަންޑަނުގެ އެންމެ އުސް އިމާރާތް ކަމަށްވާ 'ދަ ޝާޑް' ކައިރިއަށް އަންގާރަ ދުވަހު އެތައް ސަތޭކަ ސަޕޯޓަރުންނެއް އެއްވި ނަމަވެސް، ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން މެޓްރޮޕޮލިޓަން ފުލުހުން މެދުވެރިވެ އެ ހަރަކާތް ވަނީ ކެންސަލްކޮށްފައެވެ.
އެތައް ގަޑިއިރެއް ވަންދެން ކިއޫގައި ތިބި ގިނަ ސަޕޯޓަރުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނެވެ. ޗީފް މިނިސްޓަރުގެ ޓީމުގެ މެމްބަރަކު ލައުޑްސްޕީކަރުން ގޮވައި އިއުލާނުކުރީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އެކަމަށް ހުއްދަ ނެތުމުން އެ ހަރަކާތް ކެންސަލްކުރީ ކަމަށެވެ.
Ads by BMLކުރިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ވިޖޭ ހުންނެވި ހޮޓެލް ކައިރީގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްގެން ހުރި ޒުވާން ސަޕޯޓަރަކު ބުނި ގޮތުގައި، ހަރަކާތް ކެންސަލްކުރުމަކީ ގަބޫލުކުރެވޭ ފަދަ ސަބަބެއް އޮވެގެން ނިންމި ނިންމުމެއް ނަމަވެސް، އެންމެން އެތައް އިރަކު އިންތިޒާރުގައި ތިބި ކަމަށެވެ. އަދި މިއީ ތަމަޅަ ނާޑޫއިން ފެންނަ ވަރުގެ ބޮޑު އާބާދީއެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ވިޖޭ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ތަމަޅަ ނާޑޫއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ މަގުސަދުގައި އިސްކޮށް ހުންނަވައިގެން ކުރައްވާ ދަތުރުފުޅެކެވެ. ޗީފް މިނިސްޓަރުގެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން 12،300 ކްރޯޑު ރުޕީސްގެ އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް ގިނަ ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ ތަކެއްގައި) ވަނީ ސޮއިކޮށްފައެވެ.
މި އިންވެސްޓްމަންޓްތަކުގެ މައިގަނޑު އަމާޒަކީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ މެނުފެކްޗަރިންގ އަދި ޓެކްނޮލޮޖީގެ މަރުކަޒަކަށް ތަމަޅަ ނާޑޫ ހެދުމެވެ. މިކަމުގެ ސަބަބުން އެ ސްޓޭޓުގައި ފެންވަރު ރަނގަޅު 9،400 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ވިޖޭގެ އިނގިރޭސިވިލާތުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުދަ ދުވަހު އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
