އިސްރާއީލަށް ކުއްލި ނުރައްކަލުގެ ހާލަތެއް، ކާބޯތަކެތިގަނެ ރައްކާކުރުމަށް ނަތަންޔާހޫ އިންޒާރުދީފި!
އީރާނާއި އިސްރާއީލާއި ދެމެދު ރޭ ފަތިހު ފެށުނު ކުއްލި ހަމަލާތަކުގައި އިސްރާއީލަށް ގެއްލުންތަކެއް ވާނެ ކަމަށް ބެލެވޭތީ ރައްކާތެރިވުމަށް އިސްރާއީލުގެ ބޮޑު ވަޒީރު އިންޒާރުދީފިއެވެ.
ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، ހިޒްބުއްލާގެ އިސް ލީޑަރުންނަށް ހަމަލާދިނުމަށް އިސްރާއީލުން 10 ދުވަހުގެ މުއްދަތެއް ނެގި ކަމަށާއި، އެހެންނަމަވެސް އީރާނުން އިސްރާއީލަށް ބޮން އަޅަން ނެގީ 10 މިނެޓެވެ.
އިސްރާއީލުން މިހާރު ތައްޔާރުވަމުން ދަނީ މަދުވެގެން ދެ ހަފްތާގެ ހަނގުރާމައަކަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ރައްޔިތުންނަށް އިންޒާރު ދެއްވާފައިވަނީ ކާބޯތަކެތި ގަނެ، ރައްކާތެރި ތަންތަނާ ކައިރީގައި ތިބުމަށެވެ. އެއީ ޤައުމު މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ވިދާޅުވެފައެވެ.
Ads by BMLމަތިންދާބޯޓު ދަތުރުތައް ހުއްޓާލާފައިވާއިރު، ސްކޫލްތައް ބަންދުކޮށް، ހުރިހާ ވިޔަފާރިތަކެއް ވެސް ބަންދުކޮށްފައިވެއެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރިއަށް ގެންދިއުމުގެ ހުއްދައެއް ނުދެވޭނެއެވެ.
މި ވަގުތު ސިފައިން ވަނީ އެންމެ މަތީ ފެންވަރުގެ ތައްޔާރީގައި ކަމަށެވެ. އަދި ރިޒާވް ސިފައިންވެސް މިހާރުވަނީ ޑިއުޓީތަކަށް ނެރެފައެެވެ.
Ads by MACL
