ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއިލްގެ ހަމަލާތައް ވަރުގަދަކޮށް، އިރާނުގެ އެކިތަންތަނަށް ބޮން އަޅަން ފަށައިފި

އިސްރާއިލްގެ ހަމަލާތައް ވަރުގަދަކޮށް، އިރާނުގެ އެކިތަންތަނަށް ބޮން އަޅަން ފަށައިފި

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން އިރާންއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް އަނެއްކާވެސް ބޮން އަޅަން ފަށައިފިއެވެ.

އަލްޖްޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާންގެ ޓެހެރާންގައި ބޮމުގެ އަޑު ގަދަވެފައިވާކަމަށާއި، ދުމުގެ އަސަރު ވަރަށް ބޮޑުކޮށް ފެންނަމުންދާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުންވަނީ ހަމަލާތައް އިތުރަށޤ ވަރުގަދަކޮށްފައި ކަމަށެވެ. އަދި އިސްރާއީލުގެ ވިސްނުންވެސް ހުރީ ހަމަލާތައް ހުއްޓާލުމުގެ ނިޔަތެއް ނޫންކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ މި ހަމަލާތަކަކީ އޭޕްރިލް މަހުން ފެށިގެން ދޭން ރާވާފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.