ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިރާނުން ޔަހޫދީ އިސްރާއީލަށް މިސައިލް ހަމަލާދޭން ފަށައިފި

އިރާނުން ޔަހޫދީ އިސްރާއީލަށް މިސައިލް ހަމަލާދޭން ފަށައިފި

އިރާނުން ޔަހޫދީ އިސްރާއިލަށް ހަމަލާ ދޭން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިރާނުން ފޮނުވާލި މިސައިލްތައް ވަނީ އިސްރާއީލުގެ ޓެލްއަވީވް އަށް ފޯރާފައެވެ. އަދި އެސަރަހައްދުން ދުމުގެ ބޮޑު އަލިފާންގަނޑުތައް ފެންނަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ ކުރިން ޔަމަނުން އިސްރާއިލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. މިކަން އިސްރާއީލްގެ އސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާރު މުޅި އިސްރާއީލުގެ ތެރެއިން އިވެމުންދަނީ ސައިރަންގެ އަޑެވެ.