ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިރާންގެ ހަމަލާތަށް ހުއްޓުމެއްނެތި އިސްރާއީލަށް، ސައިރެންގެ އަޑުން ޓެލްއަވީވް ގުގުމާލައިފި

އިރާންގެ ހަމަލާތަށް ހުއްޓުމެއްނެތި އިސްރާއީލަށް، ސައިރެންގެ އަޑުން ޓެލްއަވީވް ގުގުމާލައިފި

އިރާނުން އިސްރާއީލަށް ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އިސްރާއީލްގެ ޑިފެންސް ފޯސްއިން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލްގެ ޑިފެންސްފޯސް އިންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ބައެއް މިސައިލްތައް ވަނީ ޓެލްއަވީވްއަށް ފޯރާފައެވެ.

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި އީރާނުން އިސްރާއީލަށް މިސައިލް ދޫކުރުން ކުރިއަށް ގެންދަނީއެވެ.

"އަނެއްކާވެސް ދައުލަތުލް އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލްތަކެއް ދޫކުރެވިއްޖެއެވެ،" އެމީހުން ބަޔާނެއްގައި ބުނެފައިވެއެވެ.

"ތިބާއަށް އިވޭ ގޮވުންތަކަކީ އިންޓަސެޕްޝަންތަކުން ނުވަތަ ވެއްޓުންތަކުން އިވޭ އަޑުތަކެވެ. ވައިގެ ދިފާއީ ނިޒާމުން އަބަދުވެސް ނުރައްކާތައް ދެނެގަނެ އިންޓަސެޕްޓް ކުރަމުންދެއެވެ."