އިސްރާއީލުން އިތުރަށް އިރާންއަށް ހަމަލާދޭނަމަ ނިއުކްލިއަރ ހަތިޔާރު އިރާނުން ބޭނުންކޮށްފާނެ!
އިސްރާއީލުން އިތުރަށް އިރާންއަށް ހަމަލާދޭނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެކަމަށް އެމެރިކާގެ ނިއުކްލިއާ ތަޖުރިބާ ކާރު ޖިމް ވޯލްޝް ބުނެފިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ އޮތް އެންމެ ބޮޑު ބިރަކީ އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ އިސްވެރިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ނިންމުމެވެ. "20 އަހަރު ވަންދެން، އެމީހުން އެ ރޮނގު ހުރަސް ކުރުމަށް އިންކާރުކޮށްފައިވޭ،" ވޯލްޝް އަލްޖަޒީރާއަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ވަރުގަދަ ޢިލްމީ ހެކި ހުރި - އަދި ހަމަކަށަވަރުންވެސް، މިވަގުތުގެ ސިޔާސީ މަޝްރަޙަށް ބަލާއިރު - މި ހަމަލާއިން އިސްރާއީލަށް ލިބޭނީ އެމީހުން ބޭނުންވާ އެއްޗާ ހަމަ އިދިކޮޅު އެއްޗެއް، އެއީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ނިންމުމެވެ."
އެއީ "ސަރަޙައްދަށާއި ދުނިޔެއަށް ހަމަ ހުރިހާ ގޮތަކުންވެސް ނުބައި ޚަބަރެކެވެ".
Ads by BML
Ads by MACL
