ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައިސީޔޫގައި އެނދުމަތިކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ / ފޮޓޯ: ޕީ.އެސް.އެމް ނިއުސް
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ހަސްފަތާލުގެ އައިސީޔޫގައި އެނދުމަތިކޮށްފިއެވެ.

ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ބުނި ގޮތުގައި، އޭނާ ހަސްފަތާލަށް ގެންގޮސްފައި ވަނީ މިއަދު (12 އޮކްޓޯބަރު) ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ވަގުތު އޭނާ އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަންގައެވެ.


މަހިންދަ ރާޖަޕަކްސަ ހަސްފަތާލުގައި އެނދުމަތިކޮށްފައި މިވަނީ، އޭނާގެ ޢާއިލާގެ ބައެއް ބޭފުޅުންނާ ގުޅޭ މާލީ ބޮޑެތި މައްސަލަތަކެއް ލަންކާގެ އިދާރާތަކުން ތަހުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭނާގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސައާއި، ދޮށީ ދަރިކަލުން އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސައާ ގުޅޭ ފައިސާގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.


މި ތަހުޤީޤުތަކުގެ ތެރެއިން، ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ އެއަރބަސް ކުންފުންޏާއެކު ހިންގި މުޢާމަލާތެއްގައި ބޮޑެތި ޢަދަދުތަކުން ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި ނަމާލް ރާޖަޕަކްސަ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށްފައެވެ.


މީގެ އިތުރުން، ސަރުކާރުގެ ހަސްފަތާލަކަށް ސްކޭން މެޝިނެއް ގަތުމަށް ހަދިޔާކުރި ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ޝިރާންތީ ރާޖަޕަކްސަ ވެސް ވަނީ މިދިޔަ ހަފްތާގައި ބަންދުކޮށްފައެވެ.

އުމުރުން ދުވަސްވީ ސިޔާސީ ލީޑަރު މަހިންދަ ރާޖަޕަކްސަ ވަނީ 2005 އިން 2015 އާ ދެމެދު ދެ ދައުރެއްގައި ސްރީ ލަންކާގެ ރައީސްކަން ކުރައްވާފައެވެ.


އަދި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ވެސް ކުރެއްވިއެވެ. އޭނާ ބޮޑުވަޒީރުގެ މަޤާމުން އެންމެ ފަހުން އިސްތިޢުފާދެއްވީ 2022 ވަނަ އަހަރު ލަންކާއަށް ދިމާވި އިޤްތިޞާދީ ޚުޠޫރާތްތެރި ޙާލަތާ ގުޅިގެން ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހުގައެވެ.


ކޮލަމްބޯ، 12 އޮކްޓޯބަރު 2026 – ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ހަސްފަތާލުގެ އައިސީޔޫގައި އެނދުމަތިކޮށްފިއެވެ.

ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ބުނި ގޮތުގައި، އޭނާ ހަސްފަތާލަށް ގެންގޮސްފައި ވަނީ މިއަދު (12 އޮކްޓޯބަރު) ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ވަގުތު އޭނާ އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަންގައެވެ.

މަހިންދަ ރާޖަޕަކްސަ ހަސްފަތާލުގައި އެނދުމަތިކޮށްފައި މިވަނީ، އޭނާގެ ޢާއިލާގެ ބައެއް ބޭފުޅުންނާ ގުޅޭ މާލީ ބޮޑެތި މައްސަލަތަކެއް ލަންކާގެ އިދާރާތަކުން ތަހުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭނާގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސައާއި، ދޮށީ ދަރިކަލުން އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސައާ ގުޅޭ ފައިސާގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.

މި ތަހުޤީޤުތަކުގެ ތެރެއިން، ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ އެއަރބަސް ކުންފުންޏާއެކު ހިންގި މުޢާމަލާތެއްގައި ބޮޑެތި ޢަދަދުތަކުން ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި ނަމާލް ރާޖަޕަކްސަ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުގެ ހަސްފަތާލަކަށް ސްކޭން މެޝިނެއް ގަތުމަށް ހަދިޔާކުރި ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ޝިރާންތީ ރާޖަޕަކްސަ ވެސް ވަނީ މިދިޔަ ހަފްތާގައި ބަންދުކޮށްފައެވެ.

އުމުރުން ދުވަސްވީ ސިޔާސީ ލީޑަރު މަހިންދަ ރާޖަޕަކްސަ ވަނީ 2005 އިން 2015 އާ ދެމެދު ދެ ދައުރެއްގައި ސްރީ ލަންކާގެ ރައީސްކަން ކުރައްވާފައެވެ. އަދި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ވެސް ކުރެއްވިއެވެ. އޭނާ ބޮޑުވަޒީރުގެ މަޤާމުން އެންމެ ފަހުން އިސްތިޢުފާދެއްވީ 2022 ވަނަ އަހަރު ލަންކާއަށް ދިމާވި އިޤްތިޞާދީ ޚުޠޫރާތްތެރި ޙާލަތާ ގުޅިގެން ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހުގައެވެ.