ޕާޓީއަށް ލިބޭ ހުރިހާ ފޯމެއް އިލެކްޝަނަށް ފޮނުވާނަން، ހެޔޮ ކޮންމެ މީހަކަސް: މެމްބަރު މުހައްމަދު އިސްމައިލް
ޕާޓީއަށް ލިބޭ ހުރިހާ ފޯމެއް އިލެކްޝަނަށް ހުށައަޅާނެ ކަމަށާއި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ޕާޓީތަކުން ނޫންކަމުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވެއްޖެއެވެ.
މެމްބަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޕާޓީއަަށް ހެޔޮއެދޭ ފަރާތްތަކުން ހުށައަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހުންނާނެ ކަމަށާއި، އެކަންކަން ކުރަންވާނީ ޕާޓީތަކުގެ ބެލެނެވެރިފަރާތުން ކަމުގައެވެ.
އަދި ޕާޓީއަށް އަންނަ ހުރިހާ ޕޯމެއް ގަވާއިދުން އިލެކްޝަނަށް ހުށައަޅަމުން ގެންދާނެކަމަށެވެ.
Ads by BMLމެމްބަރު މިހެން ވިދާޅުވެފައިވަނީ ޕާޓީތަކަށް މީހުން ވެއްދުމުގައި ގޯސް ފޯމްތަކެއް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން އިލެކްޝަނުންވަނީ ވަގުތީ ގޮތުން ޕާޓީތަކަށް މީހުން ވެއްދުން މަދުކަނޑާލާފައެވެ. އެހެންނަމަވެސް މީހުން ވަކިވުމުގެ އިޚްތިޔާރުވަނީ ދީފައެވެ.
އިލެކްޝަނުން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް މެމްބަރުން ވަނުމުގެ ފުރުސަތު ދިނުމަށެވެ.
Ads by MACL
