ބުދަ، 18 ނޮވެމްބަރު 2026
ދީން

ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއް: ޚުތުބާ 

ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއް: ޚުތުބާ 

ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުލޫއަކީ "ބާތިލްގޮތުގައި މުދާ ކެއުން"މިއެވެ. ހުތުބާގައި މުދާ ސިފަކޮށްފައިވަނީ ދެ މިޔަލީ ކަނޑިއެއްގެ ގޮތުގައެވެ. އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބާނުންކުރެވިދާނެ ވަސީލަތެއް ކަމަށާއި އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައި, ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ އޭގެން އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ މުދަލަށް ހިޔާނާތްތެރިވުމާއި މުދާ ފޭރުމާއި މުދަލުން ވައްކަންކުރުމާއި ރިޝްވަތުނެގުމާއި ރިބާކެރުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ ދީން މަނާކުރާ ކަމެއް ކަމަށެވެ.

"ބާތިލް ގޮތުގައި ދަޢުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ވޭ, މިއީ ހަރާމް ކަމެއް, މިއީ އަމާނާތަށް ހިޔާނާތްތެރިވުން, މިއީ މަކަރާއި ހީލަތް ހެދުން" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ބާތިލް ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނެއެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށާއި މިފަދަ މީހާކު އޮފީހަށް ގޮސް އެތާނގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި މަޝްއޫލުވެ ނޫޅޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

"އޭނާގެ މަސައްކަތަށް الله ބައްލަވާވޮޑިގަންނަވާކަން ދަންނަ މީހާ, އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް, ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތް ކުރާނެ" ހުތުބާގައި ބުންޏެވެ.

ރިޝްވަތަކީ ނުބައި ބައްޔެއް ކަމަށާއި އެއީ ޙައްްޤު ބާތިލަށް ހަދައި, ބާތިލު ޙައްޤުކަމަށް ފުރޮޅާލާ އާލާތެއް ކަަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ރިޝްވަތަކީ ވަރަށް ތަފާފު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމަށާއި ދުނިޔެމަތީގައި އެކަމުގެ އުޤޫބާތުން ސަލާމަތްވި ނަމަވެސް އާޙިރަތުގެ އުޤޫބާތުން އެމީހާ ސަލާމަތް ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.