ޔަމަންގައި ހުރި ސަޢޫދީގެ ކޮމާންޑް ހަބަކަށާއި ނޭވަލް ބޭސަކަށް ޙޫޘީން ޙަމަލާދީފި
ޔަމަންގެ ޢަދަންގައި ގާއިމުކޮށްފައިވާ ސަޢޫދީ އަރަބިއްޔާގެ ސިފައިންގެ ބަދަރު ކޭމްޕަށާއި، އެ ގައުމުގެ ނޭވަލް މިލިޓަރީ ބޭސަކަށް ޔަމަންގެ ޙޫޘީ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ޙޫޘީންގެ ޢަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި، ޙަމަލާދިން ބަދަރު ކޭމްޕަކީ ޔަމަންގެ ތަފާތު އެކި ޕްރޮވިންސްތަކުގައި ސަޢޫދީން ހިންގާ ޢަސްކަރީ ހަރަކާތްތައް ކޮންޓްރޯލްކުރާ މައި ކޮމާންޑް ސެންޓަރެވެ.
މި ޙަމަލާ ދިން ވަގުތު އެ ބޭސްގައި ސަޢޫދީ އަރަބިއްޔާގެ އިސް އަސްކަރީ އޮފިޝަލުންތަކެއް ތިއްބެވި ކަމަށްވެސް ޔަޙްޔާ ސަރީޢު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
Ads by BMLމީގެ އިތުރުން، ސަޢޫދީ އަރަބިއްޔާއަށް ތާއީދުކުރާ ޔަމަންގެ ފޯސްތަކަށް ޙޫޘީން ވަނީ އެ ގައުމާ ދެކޮޅަށް ހިންގާ ނުބައި އެދުންތަކުގެ ފަހަތުން ގޮސް، އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފައެވެ.
ޔަމަންގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގެ ތެރެއިން ޙޫޘީން ދަނީ ސަޢޫދީ އިއްތިހާދުގެ ސިފައިންނަށާއި، އެ މީހުންގެ ޢަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގަވާއިދުން މިފަދަ ޙަމަލާތައް ދެމުންނެވެ.
Ads by MACL
