ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބްރެޒިލްގެ އިންތިޚާބުވަނީ އޮޅުވާލައިފައި: ޓްރަމްޕް

ބްރެޒިލްގެ އިންތިޚާބުވަނީ އޮޅުވާލައިފައި: ޓްރަމްޕް

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ވަނީ އޮޅުވާލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

ވާތުފިޔަވައިގެ ކެންޑިޑޭޓް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ "އޮޅުވާލާފައިވާ އިންތިޚާބަކުން" ކަމަށް، އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކަނާތުފިޔަވައިގެ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯގެ ލިބަރަލް ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ގަބޫލުކޮށް ބަޔާނެއް ނެރެފައެވެ. ޕާޓީގެ ރައީސް ވަލްޑެމާ ކޮސްޓާ ނެޓޯ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށާއި، އެކަމަކު ފާހަގަކުރެވުނު މައްސަލަތަކަށް ސާފު ޖަވާބެއް ލިބެންޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ވޯޓުލުމުގެ ވަގުތު އިތުރުކުރި މައްސަލައިގައި ފްލާވިއޯ ބޮލްސޮނާރޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެއްދެވި ނަމަވެސް، ފަހުން ވަނީ ޕާސްޕޯޓް ހަވާލުކުރުމަށް ފެޑަރަލް ފުލުހުން ކުރި އަމުރަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގޭބަންދުގައި ހުންނެވި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ބައްދަލުކުރެއްވުމަށްފަހު ފްލާވިއޯ ވަނީ ގައުމު ދޫކޮށް ފިލަން ނޫޅޭ ކަމަށް ވިދާޅުވެފައެވެ.