މިޞްރުން ސަޢޫދީއަށް ޢަސްކަރީ އެހީތެރިކަން ދިނުމަކީ ޔަމަނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން: ޙޫޘީން
މިޞްރުން ސަޢޫދީ ޢަރަބިއްޔާއަށް ޢަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމަކީ ޔަމަނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ކަމަށް ބުނެ ޔަމަނުގެ އަންޞާރުﷲ (ޙޫޘީ) ޙަރަކާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޙޫޘީ ޙަރަކާތުގެ ސިޔާސީ ލީޑަރޝިޕްގެ އިސް މެންބަރެއް ކަމަށްވާ މުޙައްމަދު ޢަލީ އަލްޙޫޘީ ވަނީ ސަރަޙައްދީ ޞުލްޙައަށް ފާޅުގައި ވަކާލާތު ކުރަމުން، ސަޢޫދީއަށް ތާއީދުކުރުމަށް މިޞްރުގެ ޕާލަމެންޓުން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އަދި ޢަސްކަރީ އިއްތިޙާދުތަކަށް އަންޞާރުﷲ ޖެހިލުންނުވާނެ ކަމަށާއި، މިޞްރުގެ ބައިވެރިވުމުގެ ސަބަބުން އެ ޙަރަކާތުގެ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.
އޮކްޓޫބަރު 26 ވަނަ ދުވަހު މިޞްރުގެ ޕާލަމެންޓުން ވަނީ، ސަޢޫދީ ޢަރަބިއްޔާއިން އެދިއްޖެ ޙާލަތެއްގައި އެ ޤައުމަށް ޢަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިޚްތިޔާރު ރައީސް ޢަބްދެލް ފައްތާޙް އަލްސީސީއަށް ދީފައެވެ.
Ads by BMLނަމަވެސް މިޞްރުން ބުނަމުންދަނީ އެ ޤައުމުގެ ކޮންމެ ބައިވެރިވުމަކީވެސް ސީދާ ދިފާޢީ ފިޔަވަޅެއް ކަމަށާއި، ޔަމަނަށް ޙަމަލާދިނުން އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.
Ads by MACL
